ސ އަތޮޅު މަދަރުސާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅި ވަރު މުބާރާތްތަކުގެ ތެރެއިން އިންޓަރ ހައުސް އެތްލެޓިކްސް މީޓް އިއްޔެ ފައްޓައިފިއެވެ. މުބާރާތް ހުޅުއްވުމުގެ ރަސްމީއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ވާހަކައިގައި މިމުބާރާތް ބޭއްވުމުގެ ބޭނުމާ ބެހޭގޮތުން އަލިއަޅުވާފައިވެއެވެ. ސްކޫލްއިން ހާމަ ކުރާގޮތުގައި މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓާެރ ސްކޫލް މުބާރާތަށް ތައްޔާރުވުމެވެ.
.
މި މުބާރާތުގެ ޑޭ 1 ވަން ދިޔައީ ވަރަށް ވެސް ވާދަވެރި ގޮތަކަށެެވެ. މި މުބާރާތުގައި ބައިވެރިވާ ތިން ހައުސް ކަމުގައިވާ ހުރަވީ ހައުސް ، ޝަމްސުދީން ހައުސް ، ސިކަންދަރީ ހައުސް އިން ވެސް މިމުބާރާތަށް ވަރަށް ބޮޑަށް އެއްބާރު ލުން ދަނީ ލިބެމުންނެވެ. މި މުބާރާތުގެ ފުރަތަމަ ދުވަސް ނިމިގެން ދިޔާ ވަރަށް ވެސް ޖޯޝާ ފޯރިއާ އެކުގައެވެ. ކޮންމެ ކުއްޖަކު ވެސް ގެޔަށް ދިޔަ އިރު އަޒުމް ކަޑައަޅައިގެމް ދިޔައީ ދެން އަންނަ ސެޝަނެއްގައި ހައުސް އަށް އިތު ޕޮއިންޓްތައް ހޯދާދިނުމަށެވެ.
.
އެހެން ނަމަވެސް މިއަދު ހެދުނު ކުދިން ސްކޫލަ ހާޒިރު ވީ އިރު ފެނިގެން ދިޔައީ އެކުދިންގެ އުއްމީދުތައް ފުޑު ފުޑު ވާކަހަލަ މަންޒަރެކެވެ. ސްކޫލްގެ އެތްލެޓިކްސް ހިގަމުންދާ ދަޑާ ދިމާލަށް ވީ ފާރުގައި ވަނީ ކުރަހާފެއެވެ. މިކުރެހުމަކީ މީހަކަށް ބަލާލަންވެސް ހެޔޮނުވާނެ މަންޒަރުތަކެއްނޫނެވެ.
.
ކޮންމެ ބަޔަކު ކުރި ކަމަކަށް ވިޔަސް ކުދިން ތައުލީމު ހާސިލް ކުރަމުންދާ ސްކޫލެއްގައި މިފަދަ ގޮތަކަށް ކުރަހާފައި ހުރުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކުރާނެ ކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ. އަދި މިކަން ސްކޫލް އިން ވަރަށް ބޮޑަށް ވަނީ ކިށްވެރި ކޮށްފައެވެ. މިކަހަލަ ނޭދެވޭ ކަންތައް ހުއްޓުވުމަކީ އަހަރެމެން އެންމެގެ ޒިއްމާއަކަށް ހަދަމާ ހިގާށެވެ. އަދި މިކަހަލަ ކަންތައް ކުރާ މީހުނަނަށް ހިވަރު ދިނުމުގެ ބަދަލުގައި އެކަންތައްތައް ހުއްޓުމާ ހިގާށެވެ.