Welcome to Seenu Atoll School

ސިކަންދަރީ ހައުސް ބީ ޓީމު ޝަމްސުދީން ހައުސް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ

Posted on
  • Saturday, February 19, 2011
  • by
  • in
  • މިއަދު ހާވީރު ސ އަތޮޅު މަދަރުސާ އިންޓާރ ހައުސް ފުޓުބޯޅަ މުބާރާތުގައި ކުޅުނީ ސިކަންދަރީ ބީ ޓީމާއި ޝަމްސުއްދީން އޭ ޓިމެވެ. މި މެޗް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ޝަމްސުދީން އޭ ޓީމެވެ. މިހާތަނަށް މި މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ އެންމެ ކުރީގައި އޮށް ޝަމްސުދީން ހައުސް މިމެޗް ކާމިޔާބު ކުރީ 16 ލަދު 0 ލަޑުންނެވެ.

    .

    މިމެޗުގެ ފުރަތަމަ 15 މިނިޓްގެ ތެރޭގައި ޝަމްސުދީން އޭ ޓީމްގެ ޖޯޒީ ނަމްބަރު 7 މުހައްމަދު އަމީރު ވަނީ ޖެހި ޖެހިގެން 3 ގޯލް ކާމިޔާބު ކޮށް ހެޓްރިކެއް ހަދާފައެވެ. ފުރަތަމަ ހާފަށް ބަލައިލާ އިރު މޮޅަށް ކުޅެފައިވަނީ ޝަމްސުއްދީން އޭ ޓީމެވެ. އެހެންނަމަވެސް 2 ވަނަ ހާފުގެ ފަހު މިނިޓްކޮޅުގައި މޮޅަށް ކުޅެފައިވަނީ ސިކަންދަރީ ބީ ޓީމެވެ. ސިކަން ދަރީ ހައުސްގެ ބީ ޓިމަށް ވަނީ ލަޑު ޖަހާނެ 3 ފުރުސަތު ލިބި ނާކާމިޔާބުވެފައެވެ. މީގެ އިތުރުން ލިބުނު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

    .

    މިމެޗުގައި ޝަމްސުއްދީން ބީ ޓީމަށް ވެސް ވަނީ ޕެނަލްޓީ އެއްލިބި ނާކާމިޔާބު ވެފައެވެ. މި ޕެނަލްޓީ ޖަހާފައިވަނީ މި މެޗުގައި އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ޝައްސުދީން އޭޭ ޓީމުގެ ކެޕަޓަން މުހަމަދު އަމީރެވެ. މުހައްމަދު އަމީރު ވަނީ މި ދިޔަ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މާގަމަށް ވެސް ހޮވިފައެވެ.

    މިމެޗުގެ މޭން އޮފްތަ މެޗް ގެމަގާމު ލިބިފައި ވަނީ ޝައްމުސުއްދީން އޭ ޓީމްގެ ކެޕްޓަން މުހައްމަދު އަމީރު އެވެ.

    ،

    މިމުބާރާތުގެ މެޗެއް މާދާމާ ވެސް އޮނާނެވެ. މެޗް ފެށުމަށް ހަމަ ޖެހިފައިވާ ގަޑިޔަކީ ހަވީރު 4:15 އެވެ.