ސ އަތޮޅު މަދަރުސާގެ އިންޓާރ ހައުސް ފުޓުބޯޅަ މުބާރާތް ފެށުނީ 18 ފެބުރުއަރީ 2011 ވީ ދުވަހުގެ ހަވީރު 4 ޖެހި އިރުގައެވެ. މި މުބާރާތް ހުޅުއްވައި ދެއްވީ ސ ހުޅުދޫ މީދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ކޯޕްރަލް ޖިހާދު އަބްދުއްﷲ އެވެ. މި މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޝަމްސުދީން އޭ ޓީމާއި ހުރަވީ އޭ ޓީމެވެ. ވަރަށް ވާދަ ވެރި ކުޅުމަކަށް ފަހު އެން ފުރަތަމަ ސްކޯރ ކޮށްފައިވަނީ ހުރަވީ އޭ ޓީމެވެ. އެހެން ނަމަވެސް ހުރަވީ އިން ސްކޯރ ކޮށްފައިވަނީ އޮފް ސައިޑް ގޯލެކެވެ. މި މެޗުގެ ފުރަތަމަ ނިންމާލަން ޖެހުނީ ޝަމްސުދީން އޭ ޓީމްގެ ޖޯޒީ ނަމްބަރު 7 މުހައްމަދު އަމީރު ޖެހި ލަޑާ އެކު ޝަމްސުދީން އޭ ޓީމް ކުރީގައޮވެގެނެވެ.
.
ފުރަތަމަ ހާފާއި ހިލާފަށް ހުރަވީ އޭ ޓީމް އިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަ ވެސް ޝަމަސުދީން ހައުސްގެ މުސާ މައުސޫފް ވަނީ އިރު ގޯލެއް ސްކޯ ކޮށްފައެވެ. ހުރަވީ ހައުސްއަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްފައިވަނީ 2010 ވަނަ އަހަރު މައިލޯ އިންޓާރ ސްކޫލް މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ މުހައްމަދު އީވާން ސައީދެވެ. ހުރަވީ ހައުސް އަށް ހަމަ ހަމަ ނުކުރެވިގެން އުޅެނި ކޮ މުހައްމަދު އަމީރު ކާމިޔާބު ކޮށްދިން ލަޑާއެކު ޝަމްސުދީން ހައުސް ވަނީ 2 ގޯލްގެ ތަފާތަކުން މޮޅުވެފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމަށް ހޮވިފައިވަނީ 2 ގޯލް ކާމިޔާބު ކޮށްދިން ޝަމްސުދީން ހައުސްގެ ޖޯޒީ ނަމްބަރު 7 މުހައްމަދު އަމީރު އެވެ.
.
މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް އޮންނާނެވެ. މި މެޗުގައި ބައްދަލް ކުރާނީ ޝަމސުއްދީން އޭ އާއި ސިކަންދަރީ ބީ އެވެ