Welcome to Seenu Atoll School

ސ.އަތޮޅު މަދަރުސާގެ ތާރަފެއް

Posted on
  • Saturday, August 29, 2009
  • by
  • in
  • މީލާދީސަނަތުން 1983 ވަނައަހަރުގެ އެޕްރީލްމަހު ވުޖޫދަށްއައި ސ.އަތޮޅު މަަދަރުސާއަކީ ހުޅުދޫ އާއި މީދޫގެ ދަރިވަރުންނަށް ޙާއްސަކޮގެން ސަރުކާރުން ފުރަތަމަ އިންދަވައި ދެއްވި ތައުލީމީ އޮށެވެ. މި އޮށުގެ މޭވާ ރާއްޖޭގެ ރައްޔިތުންނަށް އަދި ހާއްސަކޮށް އައްޑޫ އަތޮޅު ހުޅުމީދޫގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުނަދާތާ 26 އަހަރުވެފައިވާ ތައުލީމީހަޔާތް ރަސްމީ ގޮތުން ހުޅުއްވާދެއްވީ ޢޭރުގެ އެޑުއުކޭޝަން މިނިސްޓާރ މުހައްމަދު ޒާހިރު ހުސެއިންނެވެ.

    މިރަށުގެ ދަރިވަރުންގެ ހަޔާތް ރޯޝަންކޮށްދިން ތައުލީމީ ދައްމަރު ފުރަތަމަ ހުޅުވުނީ ފަށާތައުލީމުދޭ ސްކޫލެއްގެ ގޮތުގައެވެ. އެހެންނަމަވެސް ތައުލީމަކީ ޒަމާނާއެއްގޮތަށް ބައްޓަން ކުރަންޖެހޭ އެއްޗަކަށްވާތީ ޒަމާނީ ތައުލީމު ދިނިމުގެ ގޮތުން މިސްކޫލްގެ ކިޔެވުން 1987 ގައި އިގިރޭސި މީޑިޔަމަށް ބަދަލްވެގެން ދިޔައެވެ. އިގިރޭސި މީޑިޔަމަށް ބަދަލްވެގެން ދިޔަމާއެކު ތައުލީމީރޭހުގައި މިސްކޫލުގެ ދަރިވަރުން ގިނަގުނަ ކާމިޔާބީތައް ހޯދަމުން ދިޔައެެވެ. ނަތީޖާއެއްގެ ގޮތުން 2006 ވަނަ އަހަރު ހަމައެކަނި ސާނަވީ ތައުލީމު ދޭސްކޫލަކަށް މިސްކޫލް ބަދަލްވެގެން ދިޔައެވެ.

    މިސްކޫލުގެ ހަޔާތުން 26 އަހަރު ފާއިތުވެފައިވާއިރު 2358 ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެއެވެ. އަދި 230 މުއައްޒަފުން ވަޒީފާ އަދާ ކުރައްވާފައިވާއިރު އިސްވެރިންގެ ގޮތުގައި 22 ބޭފުޅުން މަސައްކަތް ކުރައްވާފައިވެއެވެ.

    ދަތުރުކުރާނޭ ވަކި މިސްރާބެއް ނެތި އޮޑިއެއް ކަޑުގެ ބިޔަރާޅާ އޮޔާ ވައިގެ ތެރޭގައި ދަތުރު ކުރަމުން ދާން ދޫކޮށްލެވިޖެ ނަމަ އެބިހިގެން ދިޔުން ނޫނީ ފަރަށް އެރުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެހެން ކަމުން މިތައުލީމީ ވޮށުގެ ހުންގާނު އަބުރާނެ މިސްރާބެއް އޮންނަން ޖެހޭނެވެ. އެހެންނޫނީ ސަލާމަތުގެ އައްސޭރިޔާ ހަމަޔަށް ދިއުމަކީ ނާދިރުކެމެޖެވެ.