ކޮންމެ އަހަރެއްގެވެސް އެމް އެން ސީ ސީ ( މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ )  އަހަރީ ދުވަހުގެ ގޮތުގައި 19 މާޗް ދަނީ ފާހަނގަ ކުރަމުންނެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ރާއްޖޭ ހުރިހާ ރަށެއްގައި  ވަނީ  ޕެރޭޑް ކޮފައެވެ. 
.
މިދުވަސް ފަހަނގަ ކުރުމުގެ ގޮތުން ސ އަތޮޅު މަދަރުސާ އާއި ޝަމްސުއްދީން ސްކޫލް ގުޅިގެން ވަނީ އައްޑޫ އަތޮޅު ހުޅުމީދޫގައި ޕެރޭޑް ކޮށްފައެވެ. މި ޕެރޭޑް ފަށާފައިވަނީ އިއްޔެ ހަވީރު 4:15 ވީއިރު  ހުޅުދޫ ސްކޫލްކުރިމަތިންނެވެ.  މި ޕެެރޭޑް ގައި އެކި ތަންތަނަށް  މަޑުކޮށް  ޝަމްސުއްދީން ސްކޫލް ބޭންޑުން ވަނީ އެކި ރާގް ކުޅެފައެވެ. މި އީ މިހާތަނަށް ސ އަތޮޅު މަދަރުސާގެ ކެޑޭޓް އުފެދުނު ފަހުން ބޭއްވި 3 ވަނަ ޕެރޭޑެވެ. 
.
މި ޕެރޭޑްގައި ސ އަތޮޅު މަދަރުސާއަށް ވަނީ ޝަމްސުއްދީން ސްކޫލްގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިފައެވެ. އެގޮތުން ޝަމްސުއްދީންސްކޫލްގެ އިންސްޓަރަކްޓާރ ވެދެއްވާފައިވާ އެހީތެރިކަން ފާހަނގަ ކޮށްލެވެއެވެ .
 
 
