27 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި ސްކޫލްގެ އާ ލަވަ ލޯންޗްކޮށްފިއެވެ. މިލަވަ ލޯންޗް ކޮށްފައިވަނީ އެދުވަހުގެ ހެދުނު ބޭއްވުނު ހާއްސަ އެސެމްބްލީގައެވެ. މި އެސެމްބްލީގައި އާ ލަވަ ލޯންޗް ކުރުމަށް ފަހު މި ސްކޫލްގެ ޕްރިންސިޕަލް ވާހަކަ ދައްކަވަމުން ވިދާޅު ވެފައި ވަނީ މީ ވަރަށް ގިނަ ދަރިވަރުން ވަރަށް ބޮޑަށް އެދެމުންދިޔަ އެދުމެއްކަމަށެވެ. އަދި ދަރިވަރުންގެ އެންމެ ބޮޑު އެއްސުވާލަކަށް ވެފައިވަނީ ސްކޫލްގެ އާ ލަވަ ބޭނުން ކުރަން ފަށަނީ ކޮންއިރަކުންތޯއެވެ. އެހެން ނަމަވެސް 27 ވަނަ އަހަރީ ދުވަހުގެ ހާއްސް އެސެމްބްލީގެ އެޖެންޑާ އަޑުއަހާފައި ކުދިންނަށް ކުއްލި ސިހުމެއް ލިބޭނެ ކަމީ އެއްވެސް ޝައްކެއްނެއްކަމެކެވެ. 
.
ސ އަތޮޅު މަދަރުސާގެ 27 ވަނަ އަހަރީ ކޭކް ފަޅުއްވާދެއްވީ  އެދުވަހު އުފަން ދުވަސް ފާހަނގަ ކުރަމުން ދިޔަ މިސްކޫލްގެ މުސްކުޅި ދަރިވަރެއް ކަމުގައިވާ އައިޝަތު އަންވަރީއެވެ. އެދުވަހަށް ސްކޫލް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި ބައެއް އިވެންޓް ތައް ވަނީ ފަސްކޮށްފައެވެ. އެހެންނަމަވެސް އަހަރީ ދުވަސް ވެގެން ދިޔައީ ބެލެނިވެރިންނާ ޓީޗަރުންނާއި ކުދިންގެ މުނުމައްޗަށް ހިނިތުންވުން ގެނެސްދިން ދުވަހަކަށެވެ.
ހުޅުމީދޫދުށް ލޮބުވެތިމާތް އިލްމީ ކާބަފައިން ފަދައިން
                    ގުޅުވާއަތްތައް ތައުލީމަށް ހިތްމަތުގެ ކަމަރު ބަދެލައިފިން 
މައުލޫމާތުން އަލިކޮށްދޭ މުޅިމީހަޔާތަށް އަލިކޮށްދޭ
                    ޝައުގުއިތުރު ކުރުމާއެކުގާ އެދިކުރިމަތިލާއިފިން
ހުރަވީ އާޒީ ޝަމްސުދީން އެކުވެ ސިކަންދަރު ބާރުއަޅައި 
                    ފުރަގަސްނުމެދީ ކުރިއެރުމަށް ހުރިހާ ހައުސެއް ގުޅިލާއިފިން
ފެހިކުލައިން ތާޒާވެވިގެން އިސްލާމީ ރޫހާ އެކުގާ
                    ވެހިދިވެހި ދަރިންކަމުގާ ވެވިގެން ތިބުމަށް ނިންމައިފިން
ސ.އަތޮޅުމިމަދަރުސާ ވިދުވާލަން ހިތްވަރުލައިގެން
                    ހީވާގިވެ އެއްބާރުލުމަށް އަޒުމާއެކު ހިންދެމިލައިފިން
 
 
