 
ސ އަތޮޅު މަދަރުސާގެ ކެޑޭޓުން މިއަދު އެމެރިކާއިން އައްޑޫއަށް އައި މަނަވަރަކަށް ޒިޔާރަތް ކޮށްފިއެވެ. މި ފުރުސަތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ އިން މި ސްކޫލަށް ދެއްވިފުރުސަތެކެވެ. މި ސްކޫލުން އިން ގާތްގަޑަކަށް ވަނީ 79 ކުދިން ޒިޔާރަތްކޮށްފައެވެ. 
.
މިކުރި ޒިޔާރަތުގެ އެންމެ ބޮޑު އެއްބޭނުމަކީ މި ސްކޫލްގެ ކެޑޭޓުނަށް މި ދާއިރާޔާ ބެހޭގޮތުން މައުލޫމާތު ހޯދުމެވެ. އެގޮތުން އެ ނޭވީ ގައި ހުރި އިކުއިޕްމެންޓާއި ބެހޭ ގޮތުން ވަނީ ކުދިންނަށް މައުލޫމާތު ދީފައެވެ. މައުލޫމާތު ދެއްވީ ނެވީގައި ތިއްބެވި އެމެރިކާގެ ސިފައިންނެވެ. 
.
މި ސްކޫލްގެ ކުދިން މަނަވަރަށް ދިޔައީ އެމް އެން ޑީ އެފްގެ އެހިތެރިކަމާއެކުގައެވެ. އަދި ކުދިން ގެންދިޔައީ 2 ސެޝަންއަކަށެވެ. މިއަދު 11:30 ގައި ފުރަތަމަ ގުރޫޕްއާއިގެން  ހުޅުދޫ ބަދަރުން ކުރި މި ދަތުރު ގެ ބައިވެރިން ކަމުގައިވާ ސ އަތޮޅު މަދަރުސާގެ ކެޑޭޓުނަށް ވެގެން ދިޔައީ މި ދަތުރަކީ އެމީހުނަށް ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔަ ދަތުރަކަށެވެ. 
 
 
