Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާގެ މިޑްޓާރމް ޓެސްޓަށްޓަކައި ކުދިން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްބާ ؟

Posted on
  • Tuesday, August 3, 2010
  • by
  • in
  • 2010 ވަނަ އަހަރު 2 ވަނަ މިޑް ޓާރމް ޓެސްޓްފެށެން އެންމެ ހަފްތާއަކަށްވެފައިވާ އިރު މި ސްކޫލްގެ ދަރިވަރުންގެ ފަރާތުން މާ ސީރިއަސްކަމެއް ނުފެެނެވެ. މިދުވަސް ވަރަކީ އޯލެވެލް އަށް އިސްކަމެއްދީގެން މަސްއްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. އެހެންނަމަވެސް ޓީޗަރުން އެކަމަށް އަހަމީއްޔަތުކަން ދެއްވާ ވަރަށް ދަރިވަރުން އަހަމީއްޔުކަމެއްނުދެއެވެ. ހަމަ އެގޮތަށް ކުދިންގެ ފަރާތުން މިޑްޓާރމަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތަކެއް ކުރަމުންދާ މަންޒަރެއްވެސް ނުފެނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ކުދިން ޝައުގުވެރި ނުވަނީ ބާއެވެ ؟ މި ސުވާލުގެ ޖަވާބަކީ އާ އެކޭ ނަމަ އޭގެ ސަބަބު ވެސް ހޯދަން އެބަޖެހެއެވެ. އަދި އެކަމަށް ފިޔަވަޅު އަޅަންވެސް ޖެހެއެވެ.

    .

    މި ޓެސްޓަކީ ޓާރމް ޓެސްޓަށް 25 ޕަސަންޓް ނަގާ ޓެސްޓަކަށް ވާހިދު ކުދިން މިކަމަށް އަހަމީއްޔަތުކަން ނުދޭންވީ އެއްވެސް ސަބަބެއްނެތެވެ. މިޓެސްޓަކީ ފައްސޭހައިން މާރކްސް ހޯދޭޓެސްޓެކެވެ. އެހެން ކަމުން މާއްދާތަކަށް ދަށް ކުދިންނަށް މިޓެސްތުން ރަނގަޅު މާރކްސް ލިބިއްޖެ ނަމަ އެކުޖަކު އެ މާއްދާއަކުން ފާސްވުމަށް ފައްސޭހަވާނެވެ.

    .

    ވީމާ ތިޔަ ހުރިހާ ދަރިވަރުންނަށް ދޭން އޮތް ނަސޭހަތަކީ މިޓެސްޓުންވެސް ރަނގަޅު ނަތީޖާއެއްހޯދުމަށް ގަދަ އަޅާ މަސައްކަތްކުރާށެވެ. އަދި އެންމެ ފަހު ޓެސްޓަށް އަހަމީއްޔަތުކަންދޭވަރަށް ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.