Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާގައި އޯ ލެވެލްގެ ރޯނގާ

Posted on
  • Wednesday, September 15, 2010
  • by
  • in
  • ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކަށް މާﷲ ޝިފާ ލައްވާފައިވާ ބައްޔެކެވެ. އެހެން ނަމަވެސް އިންސާނުންނަށް އަދި ފަރުވާ އެއް ހޯދިފައި ނުވާ ބަލިތައް އެބަހުއްޓެވެ. އެގޮތުން ކެންސަރު ، އެއިޑްސް ފަދަ ބަލިތަކަކީ އެ ބައްޔެއްގެ ސަބަބުން ގިނަ ބަޔަކު މި ދުނިޔެ ދޫކޮށްދާ ބަލިތަކެވެ.

    .

    ސ އަތޮޅު މަދަރުސާގައި މިހާރު ފެތުރެމުން ދާ އެންމެ ނުރައްކާތެރި ވައިރަސް އަކީ ކޮންމެ އަހަރެއްގައި ވެސް މި ދުވަސް ކޮޅާއި ދިމާކޮށް އާލާ ވާ ވައިރެސްއެކެވެ. އަދި އެހާމެ ނުރައްކާތެރި ވައިރެސްއެކެވެ. އާދެ އޯ ލެވެލް ރޯނގާގެ އަލާމާތަކީ ގިނަ ގިނައިން ސްކޫލްތެރިން ފޮތް ފަންސުރު ފަދަ ތަކެތި ހިފައިގެން ޓީޗަރުންނާއި އެކޮށް ވަގުތު ހޭދަ ކުރުމެވެ. މި ފަދަ ކުދިންނަށް ދޭވޭނެ އެންމެ މޮޅު ފަރުވާ ވަނީ ޑޮކްޓަރުންނަށްވެސް ނުހޯދިފައެވެ. އެހެން ނަމަވެސް މި ސްކޫލްއިން ހާމަ ކުރާގޮތުގައި މިހާރު މި ސްކޫލްގެ ކުދިންނަށް ޖެހިފައިވާ ރޯނގާގެ ފަރުވާވަނީ ދޭން ފަށާފައެވެ. އަދި މި ފަރުވާ އަކީ ހަމަ އެކަނި މުދައްރިސުންނަށް ދެވޭނެ ފަރުވާއެއްކަމަށް ވަނީ ތަހުލީލުތަކުން ހާމަވެފައެވެ. މި ތަހުލީލުތައް ބުނާގޮތުގައި މި ފަރުވާ ދެވޭނީ ވަކި ހާއްސަ މިންގަނޑު ތަކަކަށް ފެތޭ މުދައްރިސުންނަށެވެ. އަދި ފަރުވާ ދިނުމަށް ވަރަށް ގިނަ ވަގުތު ބޭނުންވާ ފަދައިން ކުދިންނާއި އެކުދިންގެ ބެލެނިވެރިނާއި މި ބައްޔަށް ފަރުވާ ދެއްވާ މުދައްރިސުން އެއްއަޒުމެއްގައި ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.

    .

    މ ބަލި ކޮންމެ އަހަރެއްގައިވެސް ޖެހެނީ ގުރޭޑް 10 އެއްގެ ކުދިންނަށް ކަން ފާހަނގަކޮށްލެވެއެވެ. އެއީ ސަބަބު ތަކެއްނެތިއެއްވެސް ނޫނެވެ. މިއީ އެކުދިން ސެކަންޑަރީ ސްކޫލެއްގައި ހޭދަ ކުރާނެ އެންމެ ފަހު ދުވަސްތަކަށް ވުމީ މީގެ އެންމެ ބޮޑު އެއްސަބަބެވެ. މި ބަޔަށް ކިތަންމެ ވަރަކަށް ފަރުވާ ކުރިޔަސް މިބަލިން އެއްކޮށް ސަލާމަތް ވަނީ 2 މަސް ދުވަހުގެ ޓެސްޓެއް ހެދުމަށް ފަހުގައެވެ. އަދި މި ބަޅިގެ އަލާމާތް ތަކުގެ ތެރޭގައި ހިމެނޭ ކަން ބޮޑު ވުމާއި ހިތުގައި އުފެދޭ ސުވާލުތައް އެއްކޮށް ފިލައިގެން ދާނީ 2 މަސް ދުވަހުން ހެދި ޓެސްޓް ތަކުގެ ނަތީޖާވެސް ލިބުމުންނެވެ.