Welcome to Seenu Atoll School

އީ އެލް އޭ


އިގިރޭސި ހަފްތާ ނިމިއްޖެއެވެ

ސ އަތޮޅު މަދަރުސާ ގެ އިގިރޭސި ކުލަބުން އިސްނަގައިގެން ބާއްވަމުން އަންނަ އެއް ހަރަކާތަކީ އިގިރޭސި ހަތާއެވެ. ކޮންމެ އަހަރަކު ވެސް ބާވަމުން އަންނަ މި ހަރަކާތް ވަނީ މިހަރުވެސް ބާއްވާފައެވެ. އެގޮތުން 2011 ވަނަ  އަހަރުގެ އިގިރޭސި ހަފްތާގެ ފިނާލޭ ވަނީ އިއްޔެ ބާއްވާފައެވެ. މި ހަރަކާތްތައް ފެށިގެން ދިޔައީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ..
އިގިރޭސި ހަފްތާގެ ހަރަކާތުގެ އެންމެ ފޯރި ގަދަ ވެގެން ދިޔައީ ސްކޫލްގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނާއި ދެމެދު ބޭއްވުނު ބަހުސެވެ.  ފޯރި ގަދަ ބަހުގެ ހަމަލާތައް ދެ ކޮޅުން ދެމުން ގެންދިޔަ އިރު އޯޑިއެންސްގައި ތިބި ދަރިވަރުންނާއި ޓީޗަރުން ވެސް އެކުދިންނާއި ބައިވެރި ވުމުގެ ގޮތުން ހޫނު ތަރުހީބު ދެމުން ގެންދިޔައެވެ. މި ބަހުސް ކާމިޔާބު ކުރީ އަންހެން ކުދިންގެ ޓީމެވެ.
ބަހުސައަށް ފަހު ދެން ފެނިގެން ދިޔައީ އެ އިވެންޓަކަށް ހުރިހާ ދަރިވަރުން އިންތިޒާރު ކުރަމުން ދިޔަ ނަތީޖާ ފާޅުކުރުމެވެ. އެގޮތުން ސެޓްފިކެޓާއި ތަށި ދަރިވަރުންނާއި ހަވާލު ކޮށްދެއްވީ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި ލީޑިން ޓީޗަރ އަހުމަދު ވަހީދުއާއި މި ހަފްލާގެ ޝަރަފްވެރި މެހުމާން ސ ހުޅުދޫ މީދޫ ޕޮލިސްޓޭޝް އިންޗާޖު ސްޓާފް ސާޖެންޓް ޖަމްޝީދުއެެވެ.
އިންގިރޭސި ހަފްތާގެ ސްޕެލިން ބީ ސްޓާރ އަކަށް މުހައްމަދު ސާއިފް ޒަރީރް ހޮވިފައިވާ އިރު ބެސްޓް އޯލް އެރައުންޑް ސްޓޫޑެންޓް އޮފް އީ އެލް އޭ އަކަށް ހޮވިފައިވަނީ ގިނަ ހަރަކާތްތަކުން އެއްވަނަ މަގާމު ހާސިލް ކޮފައިވާ ޒަހުވާ ޒަރީރެވެ. އަދި މީގެ އިތުރުން ވަނީ އެންމެ މޮޅު ހައުސް ވެސް ހޮވާފައެވެ. އެންމެ މޮޅު ހައުސް އަކަށް ހޮވިފައިވަނީ ހުރަވީ ހައުސްއެވެ.