Welcome to Seenu Atoll School

ސ.އަތޮޅު މަދަރުސާގައި ފާއިތުވެ ދިޔަ އަހަރު ހިނގި ކަންތައްތައް

Posted on
  • Thursday, December 10, 2009
  • by
  • in
  • ސ.އަތޮޅު މަދަރުސާއަކީ މަދު ދަރިވަރުންތަކަކާ އެކީ ފުދޭވަރެއްގެ ގިނަ ހަރަކާތްތަކެއް ބާއްވަނުން ގެންދާ ސްކޫލެކެވެ. އެގޮތުން 2009 ވަނަ އަހަރު ތައުލީމީ އަހަރުނިމިގެން ދިޔަ އިރު ހިންގާފައިވާ ބައެއްހަރަކާތްތަކަށް ބަލާލާއިރު އެއްމެ ފުރަމަ ބޭއްވި ހަރަކާތަކީ އިންޓާރ ހައުސް އެތްލެޓިކްސް މުބާރާތެވެ. މިމުބާރާއްބޭއްވުނީ ސްކޫލްގެ 3 (ތިން) ހައުސްގެ މެދުގައެވެ. މިމުބާރާތުގައި ބައިވެރިވި 3 ހައުސްއަކީ ހުރަވީ ހައުސް، ސިކަންދަރީ ހަުސް، ޝަަމްސުދީން ހައުސްއެވެ. މި މުބާރާތް ވަރަށް ވާދަވެރި އީވެންޓް ތަކަކަށް ފަހު ކާމިޔާބުކުރީ ހުރަވީ ހައުސްއެވެ. މިމުބާރާތުގެ އެއްމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ ހުރަވީ ހައުސްގެ އައިޝަތު ނަސްމާއެވެ.

    .

    ސްކޫލްގެ އެއްމެ އިސްކަމެއްދެވުނު ދެވަނަ ހަރަކާތެއްގެ ގޮތުގައި ބޭއްވުނު ހަރަކާތަކީ އިގިރޭސި ހަފްތާ ފާހަނގަކުރުމެވެ. އިންގްލިޝް ވީކްވެއިޓްސް ފޯރ ޔޫ ގެ ނަމުގައި ހިންގި މިހަރަކާތުގައި ކުދިންގެ ފަރާތުން ފުދޭވަރެއްގެ އެއްބާރުލުމެއް ވަނީ ލިބިފައެވެ.

    .

    ސްކޫލްގެ ކެޑެޓް ހަރަކާތް ފެޓުމަށް މީގެ ކުރިންވެސް ވަނީ ވަރަށް ގިނަ ފަހަރަށް މަސްއްކަތް ކޮފައެެވެ. ޢެހެންނަމަވެސް މިއަހަރިކީ ސ.އަތޮޅު މަދަރުސާގައި ފުރަތަމަ ފަހަރަށް ކެޑޭޓް ހުވާކުރި ފަހަރެވެ. 2009 ވަނަ އަހަރު ނޮވެމްބަރު 9 ވަނަ ދުވަހުގެ ރޭ އޮތް ރަސްމީޔާތަކީ ސްކޫލްގައިި މިއަހަރު ބޭއްވުނު އެންމެ ކުލަގަދަ ރަސްމީޔާތޭ ބުނުމަކީ ދޮގަކަށްނުވާނެވެ. އެދުވަހު އެތަނަށް ދިޔަ ކޮންމެ ދަރިވަރެއްގެ މޫނުމަތިން ހިނިތުން ވުންނޫން ކަމެއްނުފެނެއެވެ. އެއްކަމުގައި އެއްމެ އިސްކޮށް އުޅުނު މީހުގެ އެމީހުގެ ހުރިހާ އުއްމީދުތައް ފުރިހަމަ ވެގެން ދިޔަ މިހަރަކާތަށް ފަހު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސ.އަތޮޅު މަދަރުސާގެ ފުރަތަމަ ޝަރަފުގެ ހިގާލުން ވަނީ ބާއްވާފައެވެ.

    .

    މީގެ އިތުރުން ވެސް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ސްކޫލްގެ އަހަރީ ދުވަސް، މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސަކަތް ކުރާ ދުވަސް، ދިވެހި ހަފްތާ ފާހަނގަ ކުރުން، ސުނާމީ ޑްރިލް، ގައުމީ ދުވަސް، ޓީޗަރުންގެ ދުވަސް އަދި ހަމަ އެހެންމެ މިހާތަނަށް ސްކޫލްގައި ބޭއްވުނު އެންމެ ކުލަގަދަ އަހަރީ އިނާމުދިނުމުގެ ރަސްމީޔާތުވެސް ބާއްވާފައިވަނީ މިއަހަރުގައެވެ.

    .

    މިއަހަރެކޭ އެއްފަދައިން މިއަންނަ އަހަރުގައިވސް ސ އަތޮޅުމަދަރުސާގައި މިއަށް ވުރޭން ގިނަ އެހާމެ ކުލަގަދަ ހަރަކާތްތައް އޮނާނެެވެ. ސ އަތޮޅު މަދަރުސާގެ އުއްމީދަކީ ގިނަ މިއަހަރަށް ވުރޭން ގިން ހަރަކާށްތައް ފެނިގެންދިއުމެވެ...

    ލިޔުނީ ސާމިއު