Welcome to Seenu Atoll School

ދިވެހި ރާއްޖޭގެ މިނިވަންކަން.

Posted on
  • Thursday, December 10, 2009
  • by
  • in
  • ކޮންމެ ގައުމެއްގައި ވިޔަސް ކޮންމެ ޖަމާއަތެއްގައި ވިޔަސް މިނިވަންކަމަކީ އެބަޔަކު އަމިއްލަޔަށް ރައްކާތެރި ކުރާއެއްޗެކެވެ. ނަގާލާއެއްޗެކެވެ. މިހެން މިދެންނެވީ ހަމަ ގަސްދުގައެވެ. އާދޭހެވެ! އެބަޔަކު އަމިއްލައަށް ހޯދާ އެއްޗެކޭ ނުދެންނެވީ ކޮންމެ އިންސާނަކަށާއި ކޮންމެ ގައުމަކަށް މިނިވަންކަން ދެއްވާފައިވަނީ ޤުދުރަތުން ކަމުގައި އަޅުގަނޑު ދެކޭތީއެވެ. އެއީ މާތް ﷲ އިންސާނުނަށް ދެއްވި ހައްގުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މާތް ހައްގެވެ. މިނިވަން ކަމުގެ އަގުއަރައި ޤަދަރު މަތިވެރިވަނީ މިކަމުގެ ސަބަބުންނެވެ. އަޅުވެތިކަމުގެ އަގު ދަށްވެ ނިކަމެތިވަނީ މިކަމުގެ ސަބަބުންނެވެ.

    .

    އަޅުގަނޑުގެ މައުޟޫއަކީ ދިވެހިރާއްޖޭގެ މިނިވަންކަމެވެ. އެމިނިވަންކަމުގެ ތާރީހާއި މެދުގައި އެއްޗެއް ދެންނެވުމެވެ. މިނިވަން ކަމަ އެރި ބުރޫތަކާ މެދުގައި ހިޔާލު ފާޅުކުރުމެވެ. އެމިނިވަންކަން ގެއްލުމަށް މެދުވެރިވި ސަބަބުތައް ފާހަގަކުރުމެވެ.

    .

    އެންމެ ފުރަތަމަ ތާރީހީ ގޮތުން ރާއްޖޭގެ މިނިވަންކަމޭތޯއެވެ. ފުލޯކް ވާހަކަތަކުގެ ސިފައިގައިޔާއި ލިޔެވިގެން ތާރީހުގެ ތެރެއިން ފެންނަ ފެނުންތަކުގެ މަޗަށް ބެލިޔަސް ދިވެހި ރާއްޖެއަކީ ބަޔަކު ދިރިއުޅެން ފެޝީއްސުރެ އަމިއްލަ ވެރިކަމެއް ހިނގަމުންއައި މިނިވަން ތަނެކެވެ. ބޭރުގެ ބައެއްގެ އަޅުވެތިކަމުގެ ކަމުގެ ދަށުގައި ރާއްޖޭގެ އުފެދުން ހިމެނުނުކަމުގެ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. އިތުބާރުކުރެވޭ ފަދަ ބޭރުގެ މުވައްރިޚުންނާއި ސައްޔާހުންގެ ހުރިހާ ލިޔުންތަކެއް މިކަމުގެ މައްޗަށް ގަދަ ހެކިދެއެވެ. އަދި ރާއްޖޭގެ ސަގާފަތަށް ވިސްނާއިރުވެސް އާދަކާދަޔަށް ބަލާއިރުވެސް ރާއްޖޭ އުފެދުމުގައި އަޅުވެތި ކަމެއްގެ އަސަރުތަކެއްވެސް ފެނަނާކަށްނެތެވެ. ދީނީ ގޮތުން އިހު އުޅުނު ދީނިގެ ބައެއް އާދަކާދަ ދިވެހިންގައި ހުރި ނަމަވެސް އެކަމުގެ ވެރިކަމުގެ ގޮތުން ރާއްޖޭގެ އިހުގެ އަހުލުވެރިން ތިބީ އަޅުވެތި ކަމުގެ ތެރޭގައި ބެދިފައި ކަމަށް ދޭހަކޮށްދޭ އެއްވެސް ކުލައެއް ނުފެނެވެ. ލިޔެވިގެންވާ ތާރީހަށް ރުޖޫއަވާއިރު ރާއްޖޭގެ ވެރިކަމުގެ މިނިވަންކަން ގެއްލިފައިވަނީ އަޅުގަނޑު ގަބޫލް ކުރާގޮތުގައި 3 ފަހަރެވެ. މިހެން ދަންނަވާއިރު މިހާރު ހޯދަމުންދާ ހޯދުން ތަކުގައި ފެންނަ ރަޖާޖީ ރާއްޖޭއެއްގެ ނަން އަޅުގަނޑު ހަދާނެއްނެތެވެ. ނަމަ ވެސް މިކަން އޮތީ، އާދެ! އަދި އޮތީ އެއާ މެދުގައި ނިމުމުގެ ބަސް ބޭނެވޭ މިންވަރަށް ނުގޮހެވެ. ތަހުގީގު ކުރުމުގެ މޭޒުމަތީގައެވެ.

    އިބްރާހިމް ޝިހާބުގެ ލިޔުމެއްގެ ބައެއް..