Welcome to Seenu Atoll School

މަޝްހޫރު ތަރިން

Posted on
  • Saturday, December 12, 2009
  • by
  • in
  • މިހާރަކަށްް އައިސް ވަރަށް ގިނަ ޒުވާނުން ލަވަކިޔުމުގެ މަޝްހޫރު ތަރިންނަށް ވާހިއްވެއެވެ. މިއީ އެމީހުންގެ ހަޔާތުގެ މައިގަޑު މަޤްސަދެވެ. އެމީހުން ހިޔާލުކުރާގޮތުގައި މަޝްހޫރު ލަވަކިޔުންތެރިން، ވަރަށް ގިން ފައިސާ ހޯދައެވެ. އެމީހުން އުޅެނީ ވަރަށް މަޖާ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. އެތައްހާސްބަޔަކު އެމީހުން އެމީހުންނަށް ތާއިދުކޮށް އެހީވެއެވެ. މިހެންވެ އެމީހުން މަޝްހޫރު ވަނީއެވެ.

    .

    ތެދެކެވެ. ކަންއޮތީ އެހެންނެވެ. ނަމަވެސް އެންމެ ފުރަތަމަ އެމީހުންނަކީ ތަރިން ކަމިގައި ވާންޖެހެއެވެ. ގިނަ ލަވަކިޔުންތެރިން އުފެދެނީ ގުރޫޕެއްގެ ތެރެއިންނެވެ. މިއީ މިދުވަސްވަރު އެކަންވާގޮތެވެ. ނަމަވެސް މިނޫން ގޮތް ގޮތް ދިމާވާ ގްރޫޕްތަކާ ޖަމާއަތްތައްވެސް މަދެއްނޫނެވެ. ހަމައެފަދައިން ދެތިންރެއެއްގެ ތެރޭގައި ފެނިގެއްލިދާ ގުރޫޕްތަކެއްވެސް މަދެއްނޫނެވެ. ރަނގަޅު ގޮތެއްގައި ސާބިތުވެތިބީ ވަރަށް މަދު ގްރޫޕެކެވެ. އެއްވެސް އިސްތިސްނާއަކާ ނުލައި ގުރޫޕްއަކަށްވެފައިވާ ކޮންމެ ގުރޫޕެއްވެސް އެހިސާބަށް ގޮސްފައިވަނީ ގަދަ މަސައްކަތުންނެވެ.

    .

    ކަންމިހެން ހުރުމާއެކު، އެންމެ މައްޗަށް ދެވިފައިވަނީ ވަރަށް މަދު ގުރޫޕަކަށެވެ. އަދި އެހިސާބުގައި ސާބިތުވެ ތިބެވިފައިވަނީ އެއަށްވުރެވެސް މަދުގުރޫޕަކަށެވެ. އިގިރެސިވިލާތުގައިވެސް ތިރީހަށްވުރެ ގިން ގުރޫޕް ވިދާލާފައިވެއެވެ. ގިނަގުރޫޕްތަކަކީ މާގިނަ ފައިސާތަކެއްލިބޭ ބައެއްނޫނެވެ. ކޮންމެ ޝޯ އަކުން ލިބެނީ 400 އެއްހާ ޕައުންޑެވެ. ގިނަ ފައިސާއަށްވަނީ ކިހިނެއްތޯ ބަލާލަމާ ހިނގާށެވެ. ޝޯއަކުން ލިބޭ އެތިކޮޅުން ވަރަށްގިން ހަރަދު ކުރަންޖެހެއެވެ. ތިއޭޓަރަށް ފީދައްކަންޖެހެއެވެ. މެނޭޖަރަށް ފައިސާ ދައްކަން ޖަހެއެވެ. އެއީ ގުރޫޕް ހިންގުންތެރިޔާ ކަމަށްވާތީއެވެ. އެހެންކަމުން އޭނާޔަށް %20 ދާންޖެހެއެވެ. އެމީހުންއެވެ. އެމީހުންގެ ހެދުމަށް ހަރަދުކުރަންޖެހެވެ. އެމީހުންގެ މިއުޒިކް ސާމާނަށް ކުލިދޭންޖެހެވެ. އަދި އެތަކެތި އުފުލާ ވޭނަށްވެސް ކުލިދޭންޖެހެއެވެ.

    .

    އެމީހުނަށް ވަރަށް ގިނަ ދަތުރު ފަތުރުކުރަންޖެހެއެވެ. މިފަދަ ބައެއް ދަތުރުގައި މުއްސަދި ބައެއް ހޮޓާހޮޓަލުގައި ނިދުމުގެ ބަދަލުގައި އެމީހުންގެ ވޭނުގައިވެސް ނިދާލަންޖެހެއެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. ހާޤީގަތަކީ މިއީ ކަމުގައިވާއިރު، ކޮށްލަބަލާށެވެ. މަޝްއޫރުތަރިން އުޅެނީ އުފާވެރި ދިރި އުޅުމެއްހެޔެވެ؟ އެމީހުން އުޅެނީ ފައިސާއިން ހިތް ފުރިގެން ހެއްޔެވެ؟