Welcome to Seenu Atoll School

ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ހޯދައިފައި ވަނީ ދަށް ނަތީޖާއެއްނޫން

Posted on
  • Tuesday, December 15, 2009
  • by
  • in
  • މިދިޔަ ސާފް ޗެމްޕިއަން ޝިޕެކޭ އްފަދައިން ދިވެހި ރާއްޖޭގެ ގައުމީޓީމް ނިކުތީ ތަށި ދިފާއުކުރުމަށެވެ. އެހެންނަމަވެސް މިފަހަރު ރާއްޖޭގެ ގައުމީ ޓީމަށް ވަނީ ތަށީގައި އަތްލުމުގެ ނަސީބު ނުލިބިފައެވެ. އެހެން ނަމަވެސް ދިވެހި ގައުމީޓީމުު އެ ދެއްކި މޮޅު ކުޅުމާމެދު ފަހުރުވެރި ނުވާނެ އެއްވެސް ދިވެއްސެ ނުހުންނާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

    .

    ދުނިޔޭގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން މި މުބާރާތް ފެށިގެން ދިޔަ އިރު ރާއްޖޭގެ ގައުމީޓީމުގެ ކެޕްޓަން އަކީ ވިދާ ކުޅުންތެރިއެއްކަމަށް ނުދެއްނެވި ކަމުގައި ވިޔަސް މެޗަކަށް ފަހު މެޗެއްގެ ކުޅުން ރަނގަޅު ވަމުން ދާކަމާމެދު އެއްބަސްވެއެވެ. އަދި ދިވެހި ޓީމް ދައްކާފައިވާ މޮޅު ކުޅުމަކީ ރީތި ބަލާލަން ހިތްވާ ކަހަލަ ޕާސިންގް ގޭމެކެވެ. ދިވެހި ޓީމް ފައިނަލަށް ދަތުރު ކޮށްފައިވަނީ އެއްވެސް މެޗަކަުން ބަލިނުވެއެެވެ. އެންމެ ފުރަތަމަ މެޗް 1-1 ކުން އެއްވަރު ވީ ކަމުގައި ވިޔަސް ދެން ޖެހިގެެން އައި މެޗްތަކުގައި މޮޅު ކުޅުމެއް ދައްކާލުމަށް ފަހު ތާފާތު ބޮޑު ނަތީޖާ ވާނީ ނެރެފައެވެ.

    .

    ދިވެހިން އަދިވެސް ތިބީ ދިވެހިންގެ ގޮތުގައެވެ. ދިވެހިންގެ ފުރިހަމަ އުއްމީދުގައެވެ. 2010 ވަނަ އަހަރުގެ ﷲ އިރާދަ ކުރައްވައިގެން ސާފް ޗެމްޕިޔަން ޝިޕް ގެ ތަށި އުފުލާލުމުގެ އުއްމީދުގައެވެ.

    .

    ދުނިޔޭގެ ބޮޑެތި ސޯޝަލް ނެޓް ވޯކް ތަކުގައި ހިޔާލު ބަދަލް ކުރަމުންދާ ބަޔެއް ދިވެހިން ގައުމީ ޓީމަށް ހިތްވަރު ދެމުން ދާއިރު އަނެއް ބަޔަކު ގައުމީ ޓީމަށް ދެކޮޅަށް ނުވަތަ ދިހިވެހިނަށް ބުރަ ވާކަހަލަ ބަހުރުވައިން ހިޔާލު ފާޅުކުރަމުން ދެއެވެ. މިއީ ވަރަށް ހިތާމަ ވެރި ކަމެކެވެ. ޢެހެނީ މިވަގުތަކީ ކޮންމެ ދިވެއްސަކު ވެސް ދިވެހި ގައުމަށްޓަކައި ކަރުނަ އޮހޮރުވަމުންދާ ނުވަތަ ގައުމީ ޓީމަށް ހިވަރު ދެމުންދާ ވަގުތުކަމަވާތީއެވެ. ހަމަ ޔަގީނުން ވެސް ދިވެހި ގައުމީ ޓީމު މި މުބާރާތް ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް ގައުމީޓީމުގެ ތޯރިގް ވަނީ މި މުބާތުގެ އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެެވެ.

    .

    މިވަގުތުގައި ވެސް ދިވެހިން ތިބީ ދިވެހިންގެ ފުރިހަމަ ޖޯޝާ ފޯރިޔާ އެކު ގައުމީ ޓީމަށް ހިތްވަރު ދިނުމުގައެވެ. ދިވެހި ފުޓްބޯޅަ މިއޮތް ހާލަތުން މިޔަށް ވުރެ މަތީ ހަރުފަތަކަށް ގެންދިޔުމަށް އެއްމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަމާ ހިންގަވާށެވެ. ދިވެހިންގެ އުއްމީދު ވަނީ ދިވެހީނާ އެކީގައެވެ.