ސ.މީދޫ ޒުއާނުން އިސްނަގައިގެން ވަރަށް ހާއްސަދަރުސެއް ބޭއްވުމަށް ވާނީ ހަމަޖެހިފައެވެ. މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފުައުންޑޭޝަން އޮފް މޯލްޑިވްސް އާއި ސ.މީދޫ ޒުއާނުން ގުޅިގެންނެވެ. އެގޮތުން މިމަހުގެ 24 ވަނަ ދުވަހު ސ.މީދޫ އެފް.އެމް.ޑީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އަޑު އެއްސެވުމަށް އައްޑޫ އަތޮޅު ހުޅުމީދޫ ހުރިހާ ރައްޔަތުން ވަޑައިގެން ދެއްވުމަކީ މި ދަރުސް އިންތިޒާމު ކުރާ ފާރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
.
މިދަރުސް ބޭއްވުމުގައި އެއްމެ އިސްކޮށް މަސައްކަތް ކުރައްވާ އެއްބޭފުޅެއްކަމަށް ވާ އަހުމަދު ނާއިދު ވިދާޅުވިގޮތުގައި މިދަރުސް ބޭއްވުމުގެ އެންމެެ ބޮޑު އެއްބޭނުމަކީ މިދެރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި އިތުރަށް ވިދާޅުވީ. " މިދަރުސް ބޭއްވުމަށްޓަކައި އަޅުގަޑުމެން ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ބޭނުން ވާނެ. ވީމާ އަޅުގަނޑުގެ އެދުމަކީ މީދޫގެ ޒުއާނުން އިސްނެގި ކަމުގައި ވިޔަސް މިކަމުގައި މި ދެރަށުގެ ހުރިހާ ޒުއާނުން ބަވެރިވުން "
.
މި ދަރުސް އިންތިޒާމު ކުރައްވާ ގުރޫޕުން މައުލޫމާތު ދޭގޮތުގައި މިދަރުސް ދެއްވާނީ އައްޝެއިޚް މުހައްމަދު ފަރީދު އަހުމަދެވެ. އަދި ކަޑައަޅާފައިވާ މައުޟޫ އަކީ ޤިޔާމަތް ދުވަހާއި ނަމާދެވެ.