އިންސާނާ އިންސާނީއްޔަތުގެ ގަހަނާއިން ޒީނަތްތެރިވުމަށްޓަކައި އެންމެ ބޭނުންތެރިވެގެންވާ އެއްކަމަކީ މާތް އަހުލާގުން ތިމާ އާރާސްތުވުމެވެ. އެގޮތް ހޯދައިގަނެވޭނީ ތިމާ އެކިއެކި ޖަޛުބާތުތައް ރަގަޅުގޮތްމަތީން ތަރުބީއްޔަތު ދީގެންނެވެ. މަސަލަ : ލޯބި، ނަފްރަތު، ރުޅި ، އަފޫކުރުން ފަދަ ޖަޛުބާތާގުޅޭ ކޮންމެ ކަމެއްއޭގެ ހުދޫދުގައި ހިފެހެއްޓުމީ މާތް އަހުލާގަށްޓަކައި ކޮންމެހެން ބޭނުންކަންތަކެވެ. އެއިން ކަމެއް އޭގެ ހައްދަ ވުރެ ބޮޑުވުމާއި ކުޑަވުމުން އުފެދެނީ ނޭދެވޭގޮތް ތަކެކެވެ.
.
އަޅުގަނޑުމެން އުޅޭ އުޅުމުގައި އަޅުގަނޑުމެންގެ ނަފްސުގެ އެދުންތަކާއި ޖަޛުބާތުގެ ކުރީގައި ދެންނެވިފަދައިން ހުދޫދުގައި ހިފެހެއްޓޭނަމަ އަޅުގަނޑުމެނގެ ކިބައިގައި ނުބައި އަހުލާގެއް އިސްވެ ދިއުމަކީ ވަރަށް މަދު ފަހަރުގައި މެނުވީ ނުވާނެކަމެކެވެ. އަޅުގަނޑުމެންގެ ކިބައިގައި އިސްވެދާ ނުބައި ނޭދެވޭ ކަންތަކުގެ އަސްލު ކަމުގައި ހިމެނިފައި އޮންނާނީ އަބަދުވެސް އަހުލާޤީ ޤާނޫނާ ހިލާފްވުމެވެ. ދުލާއި އަތްފައި ރައްކާތެރިކޮށބެހެއްޓުމަށްޓަކައި އަދި ނުބައި ކަންތަކުން ދުރުވެ ތިބުމަށްޓަކައި މިދެންނެވި ޤާނޫނުތައް ފިލުވައި އެމަޢްޗަށް އަމަލު ކުރުމަކީ ނުހަނު ބޮޑުކޮށް ލާޒިމްވެގެންވާ ކަމެކެވެ.
.
އަޅުގަނޑަށް ވިސްނޭގޮތުގައި އަޅުގަނޑުމެންގެތެރެއިން ގިނަމީހުންގެ އަހުލާގު މިހާރުމިދާ ފަދައިން ދުވަހަކަށްވުރެ ދުވަހެއް ދަށް ވަމުންދަނީ ވީއްޔާ އޭގެ ސަބަބުން ޤައުމީ ހަށިގަނޑުގައި ވަރަށްވެސް ނޭދެވޭ ބައިތަކެއް އުފެދިދާނެ ކަމުގެ ބިރުވެރިކަންވެއެވެ. ކަން މިހެން ހުރިއިރު އެންމެ މަތިވެރި އެއް ވާޖިބެއްކަމުގައި ވާންވާނީ މިދިވެހި އުއްމަތް ސަލާމަތްކުރުމެވެ. މިފަހަކަށް އައިސް އަޅުގަނޑުމެން ތެރޭގައި އަހުލާގީ ބޮޑެތި މައްސަލަތައްދަނީ ގިނަވަމުންނެވެ.
.
އަޅުގަނޑުމެންގެ ސްކޫލްތަކަށް ބާލާލާ އިރު ކިޔާވާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު އެކުދިންގެ ފަރާތުން ފެންނަމުންދާ އަހުލާގީ މަސަލަތައްވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ހާއްސަކޮށް އަންހެން ކުދިންގެ ޔުނީފޯމަށް ބާލާލުމުން އެކަން ފެންނާނެވެ. މޫނުގައި ގިނަފަހަރަށް ހުންނަނީ ފައުންޑޭށަނެއް ތޯޗެއް އަޅާފައެވެ. ތުންފަތުގައި ހުނަނީ ގޭގެ ފާރުގައި ލާންގަނެފަ ހުނަ ދަވާދު އުގުޅާފައެވެ. މިކަމުގެ ޒިއްމާވާން ވާނީ ހަމަ އެކަނި މުދައްރިސުންނެވެސް ނޫނެވެ. ނޫނީ ހަމަ އެކަނި މައިންބަފައިންނެއްވެސް ނޫނެވެ. އަދި ހަމަ އެހެންމެ މުޖުތަމައު އެކަންޏެއްވެސް ނޫނެވެ. އަޅުގަނޑުގެ ދެކޭގޮތުގައި މިކަމުގެ ޒިންމާ ނަގަންޖެޙޭނީ މިތިންފަރާތުންނެވެ. ސަބަބަކީ ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފް ތާހިރުކަންމަތީގައެވެ. ކުއްޖާ އެންމެ ފުރަތަމަ ތަރުބީޔަތު ދެނީ މަންމަގެ އުގުންނެވެ. އޭގެ ފަހުން ޓީޗަރުންނެވެ. އޭގެ ފަހުން މުޖުތައުއެވެ.
.
ވީމާ މިކަމުގައި އިހުމާލުވެފައި ވާ ފަރާތަކަށް ސަލާމަތް ވެވެނެ ގޮތެއް ނޮއޮންނާނެވެ. އެހެނީ ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށް ދާންޖެހޭ މީހެކެވެ. އަދި އެކަމާ ސުވާލު ކުރެވޭނެ މީހެކެވެ. ވީމާ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަރުބީޔްތު ދިނުމަކީ އަޅުގަނޑުމެގެ ވާޖިބެއްކަން ހަދާންކޮށް އެކުދިން މުޖުތަމައުގައި ރަނގަޅު ކުދިންނަށް ހަދަމާ ހިގާށެވެ. ޢޭރުން މި މުޖުތަމައަކީ ހަމެޖޭ އެއްވަންތަ ތަނަކަށް ވެގެން ދާނެ ކަމީ ޝަކެއްވެސް އޮތް ކަމެއް ނޫނެވެ.