ސ އަތޮޅު މަދަރުސާގެ ރަސްމީ ވެޕްސައިޓް ގެ ފަރާތުން ކޮންމެ މަހެއްގެ އެންމެ މަގުބޫލު ޓީޗަރަކު ހޮވާގޮތައް ނިންމައިފިއެވެ. އެގޮތުން "ބެސްޓް ޓީޗާރ އޮފް ދަ މަންތް" މިނަމުގައި ކޮންމެ މަހެއް ނިމުމުން އެޓީޗަރަކާ ބެހޭ އާޓިކަލްއެއް ޕޯސްޓުކުރެވޭނެވެ. އެއްމެ މަގުބޫލު ޓީޗަރަކު ހޮވުމަށްޓަކައި ކޮންމެ މަހަކުވެސް ޕެންލް އިން ނިންމާ ތިން ޓީޗަރަކަށް ވޯޓް ދިނުމުގެ ގޮތުން ޕޯލް އެއް ހުޅުވޭނެވެ. އަދި މިޕޯލްގައި އެންމެ ގިނަ ވޯޓް ލިބޭ ފަރާތަކީ މަހުގެ އެންމެ މަގުބޫލް ޓީޗަރެވެ. ވޯޓް ދިނުމުގެ ފުރުސަތު ދެވޭނީ ހަމަ އެކަނި ސ އަތޮޅު މަދަރުސާގައި 2010 ވަނަ އަހަރު ކިޔަވަމުން ދާ ދަރިވަރުންނަށެވެ.
.
އަދި ހަމަ އެހެންމެ މުޅިި އަހަރު ނިމުމުން އެއަހަރުގެ އެއްމެ މަގުބޫލް ޓީޗަރަކަށް ވަރަށް ހާއްސަ އެވޯޑެއްދޭގޮތަށް ވެސް ވަނީ ހަމަޖެހިައެވެ. އެގޮތުން މުޅި އަހަރު އެންމެ މަގުބޫލް ޓީޗާރު ހޮވުމަށްޓަކައި އެއްމެ ގިނަ މަހު މި އެވޯޑު ހޯދާ 3 ޓީޗަރުންގެ މެދުގައި ޕޯލްއެއް ބޭވުމަށް ފަހު އެޕޯލް ކާމިޔާބު ކުރާ ޓީޗަރަކީ މުޅި އަހަރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލް ޓީޗަރުކަމަށްވާނެވެ.
.
ސ.އަތޮޅު މަދަރުސާގެ ރަސްމީ ވެބްސައިޓްގެ ފަރާތުން ބާއްވާ ފުރަތަމަ އީވެންޓްކަމުގައިވިޔަސް މި އީވެންޓަށް ސްކޫލްގެ ހުރިހާ ކުދިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް (www.seenuatollschool.com)ގެ ފަރާތުން އުއްމީދުކުރެއެވެ.
.
މި އީވެނަޓުގައި ޕެނަލްގައި އުޅުއްވާ އެއްވެސް ޓީޗަރަކަށް ، މުވަޒަފަކަށް ބައިވެރި އެއްނުވެވޭނެވެ. ޕެނަލްގައި ހިމެނޭ ސްޓާފުންނަކީ
1. ޙުސެއިން ސާމިއު
2. ހަސަން ނިހާލް
3. ޝާޖީ މޮން