Welcome to Seenu Atoll School

ސްކޫލް ކުދިންގެ ޗުއްޓީގެ ފަހު ދުވަސްތައް ދަނީ ގުނަމުން

Posted on
  • Saturday, January 2, 2010
  • by
  • in
  • ކޮންމެ އަހަރެއްގެ ވެސް ތައުލީމި އަހަރު ނިމުމުން ކިޔަވާ ކުދިންނަށް ދެވޭ ޗުއްޓީއަކީ އެކުދިން އެއްމެ ބޭނުންވާ ދުވަސްކޮޅެވެ. އެހެނީ އެކުދިން ގަބޫލް ކުރާގޮތުގައި މި ދުވަސްވަރަކީ އެކުދިން ކުޅިވަރާއިގެން މަސްއޫލުވާން ވީ ދުވަސްކޮޅެވެ. އެކުދިންގެ ވިސްނުން މުޅިއަކުން ގޯހެއްވެސް ނޫނެވެ. ސަބަބަކީ ޗުއްޓީއަކީ އާއިލާއާއި އެކު ވަގުތު ހޭދަކޮށް ކުޅިވަރުގައި މަސްއޫލުވެ އުޅުމަށް ކިޔަވާ ކުއްޖަކަށް އެންމެ އެކަށީގެންވާ ދުވަސް ކޮޅަކަށްވާތީއެވެ. އެހެން ނަމަވެސްް ކިޔަވާ ކުއްޖަކު އެންމެ އިސްކަން ދޭވާނީ ފޮތަށެވެ. ޖެހިގެން އަންނަ އަހަރަށް ތައްޔާރުވުމެވެ.

    .

    .

    މިދުވަސް ކޮޅަކީ ޗުއްޓީގެ ފަހު ދުވަސްކޮޅު ގުނަމުންދާ ދުވަސްކޮޅެވެ. އެހެންކަމުން ހުރިހާ ކުދިންވެސް އުޅޭނީ ސްކޫލަށް ދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކޮންމެ ކުއްޖެގެެސް އުއްމީދުތަކެއްވެސް ކުރިމަތި މިލާ ތައުލީމީ އާ އަހަރަށް ވާނެވެ. ޙަމަ ޔަގީނުންވެސް ކޮންމެ ކުއްޖަކުވެސް ނުވަތަ ދަރިވަރަކުވެސް އެއްމެ އިސްކަމެއްދޭނީ ފާއިތުވި އަހަރު ލިބުނު ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ.

    .

    .

    އަހަރު ފެށިގެން ފުރަތަމަ ދުވަސް ކޮޅު އެކުދިން އެކުދިންގެ އުއްމީދާ ހަމަޔަށް ނުވަތަ ގޯލާ ހަމަޔަށް ވާސިލުވުމަށް ވަރަށްގަދަ އަޅާ މަސައްކަތް ކުރާނެވެ. އެހެންނަމަ ވެސް ވަކި ހިސާބަކަށް އައިސް އެކުދިންގެ އުޅުމަށާއި އެކުދިންގެ މަސައްކަތައް ވަރަށް ބޮޑު ބަދަލް ތަކެއްއާދެއެވެ.