Welcome to Seenu Atoll School

ހަތާވީސް އަހަރުގެ ދިގު އާދޭސް މިފަހަރުވެސް

Posted on
  • Thursday, January 7, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާ

    ސ . ހުޅުދޫ މީދޫ

    .........................ލޮބުވެތި ދަރިވަރުނަށް

    ........................ވެދުންސަލާމަށްފަހު ދަންނަވަމެވެ.

    .........................އަނެއްކާވެސް މިއޮތީތިޔަ ދަރިވަރުން އަޅުގަނޑުގެ ގާތަށް އަންނަ ދުވަސް ޖެހިފަ . އެހެންކަމުން އެންމެ ފުރަތަމަވެސް ތިޔަ ހުރިހާ ދަރިވަރުންނަށް މާމަލުގެ ގުލްދަސްތާ ތަކުން މަރުހަބާ ކިޔަން .

    .........................ތިޔަ ދަރިވަރުން އެބުރި އަންނާތީ އަޅުގަނޑު ހާދަ އުފަލެއް އެބަވެޔޭ . ފާއިތުވެ ދިޔަ ގިނަ ދުވަސް ތަކުގައި ކުރަމުން ދިޔަ އިންތިޒާރީގެ ނިމުން އަންނަނީ . ހިއް ހިއް ހިއް . އެހެނަސް ހަމަ ދެރަވާ އަދި ކަންބޮޑު ވާ ކަންތައްތަކެއްވެސް އެބަހުރި . ހަމަ ބުނަންވީތަ ؟ އާނ ދެރަވަނީ މަދު ކުދިބަޔެއްނަމަވެސް އަޅުގަނޑުގެ އިމާރާތުގައިވާ ބައެއް ތަންތަނާއި ، ޑެސްކް ތަކާއި ގޮޑި ތަކުގައި ކުރުހުމާއި ގެއްލުން ދިނުން ފަދަ ކަންތައްތަކެއް އުޅޭތީ . ދެން އަޅުގަނޑަށް އެނގޭ މިއީ އަޅުގަނޑުގެ ފެމިލީ ގެ ހުރިހާ ބަޔެއްގައިވެސް ހިނގާ ކަންތައްތަކެއްކަން . އެކަމަކު ހަމަ ފާހަނގަ ކޮށްލަން ޖެހޭކަމަކީ މިއީ ވަރަށް މަދު ކުދިބައެއްގެ ފަރާތުން ފެންނަ ކަންތައްތަކެއްކަން . ދަރިވަރުންނޭ... ޕްލީސް އެކުދިންނަށް ވިސްނައިދީ . އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ތިޔަ ދަރިވަރުންދެކެ ލޯބިވާ ފަދައިން އަޅުގަނޑު ދެކެވެސް ލޯބިވުން . އަޅުގަނޑުގެ އެތެރޭގައި ވާ އެއްޗެހި ދެކެވެސް ލޯބިވުން . ގެއްލުމެއް ނުދިނުން . އެހެން ނޫނަސް އުމުރުގެ ޒުވާން ކަން ގެއްލި 27 އަހަރު ފާއިތުވެގެން ދާއިރު ތިޔަ ކުދިންގެ ލޯބި ބޭނުން ވާނެ. ދެން އޮތީ އަޅުގަނޑު އެންމެ އެދޭ އެންމެ ބޭނުންވެސް ވާކަންތައްތައް . އެއީ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދިން ހޯދުން . މިއީ އަޅުގަނޑު އެންމެ ބޭނުން މުހުތާދަކީ .

    .....................ހަމަ މިއާއެކު ނިންމާލަމުން ބުނެލާނީ އަޅުގަނޑު މި ދެއްކި ވާހަކަތަކަކީ އެއްވެސް ކުއްޖަކަށް ބަދު ބަހެއް ރައްދު ކުރުމުގެ ނިޔަތެއްގައި ބުނި އެއްޗެއް ނޫން. މިއީ ހަމަ ނަސޭހަތް . ދެން އުއްމީދު ކުރަން އަޅުގަނޑުގެ އުމުރުން މިވޭތުވެދިޔަ 27 އަހަރުގައި މިކުރަމުން ދިޔަ އާދޭސް އަޑުއަހާ މިދިން ނަސޭހަތާއެއް ގޮތަށް އަމަލު ކުރާނެކަމަށް .

    ......................ޝުކުރިއްޔާ !

    ......................އިހްތިރާމް ގަބޫލުކުރެއްވުން އެދެން.

    ތިޔަ ދަރިވަރުން ދެކެ ލޯބިވާ

    ސ އަތޮޅު މަދަރުސާ

    ލިޔުނީ : އަލީ އަލްމާސް