Welcome to Seenu Atoll School

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް ބާއްވައިފި

Posted on
  • Sunday, January 10, 2010
  • by
  • in
  • 10 ޖެނުއަރީ 2010 ވަނަ އަހަރު ސ އަތޮޅުމަދަރުސާގެ ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް ބާއްވައފިއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ ސ.މީދޫ ކައުންސިލާ ހަސްން ޝާހިދުއެވެ. ސ އަތޮޅު މަދަރުސާ ވަނީ ދިރާސީ އާ އަހަރަށް ވަރަށް ބޮޑަށްތައްޔާރުވެފައެވެ. އެގޮތުން ދަރިވަރުންނަށް މަރުހަބާ ކިއުމުގެ ގޮތުން ސްކޫލްގައި ވަނީ މަރުހަބާގެ ބޭނާ ހަރުކޮށްފައެވެ.

    ،

    ސ އަތޮޅު މަދަރުސާގެ ކުދިންގެ އަދަދު ވަނީ މި އަހަރު އިތުރުވެފައެވެ. އެގޮތުން މި އަހަރު މި ސްކޫލްގައި ގްރޭޑް 8 އެއްގެ ފަސްކުލާސް ވަނީ ހަދާފައެވެ. މިއީ ސ އަތޮޅު މަދަރުސާ ސެކަންޑްރީ ސްކޫލަކަށް ބަދަލްވި ފަހުން ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ ދަރިވަރުން އެއްގުރޭޑެއްގައި ކިޔަވަމުންދާނެ ފަހެރެވެ.

    .

    މީގެ ކުރީގެ އަހަރު ތަކެކޭއެއްފަދައިން މިއަހަރުގައި ވެސް މި ސްކޫލުން އެންމެ އިސްކަމެއް ދޭނީ ސްކޫލްގެ ކިޔެވުން ރަންގަޅު ކޮށް ކުދިންގެ އަހުލާގީ ފެންވަރު މަތިކުރުމެވެ.

    .

    މިސްކޫލަކީ ކުޅިވަރުގެ މައިދާނުގައި ސްކޫލްގެ ނަން ރަންއަކުރުން ފަވާލާފައިވާ ސްކޫލެކެވެ. އެގޮތުން ހާއްސަކޮށް ދެއަހަރުން އެއް އަހަރުބާއްވަމުން އަންނަ އިންޓާރ ސްކޫލް އެތްލެޓިކްސް މީޓުގައި މި ސްކޫލްގެ ޓީމް ހޯދަފައިވާ ކާމީޔާބީ ފާހަނގަ ކޮށްލެވެއެވެ. އަދި މިހާތަނަށް ސްކޫލަށް ފުޓްބޯޅައިން މާ އެދެވޭ ކާމިޔާބެއް ހޯދިފައި ނެތްނަމަވެސް މި އަހަރު ސްކޫލްގެ ފުޓްބޯޅަ ޓީމް ފުރިހަމަ ކާމިޔާބެއް ހޯދާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

    .

    މި ސްކޫލްގައި މިހާތަނަށް ބޭއްވިފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުންގެ އެއްބާރުލުން ލިބިފައިވާ އެއް ހަރަކާތަކީ ކެޑޭޓް ހަރަކާތެވެ. އެގޮތުން މި އަހަރު ކޭޑެޓް ހަރަކާތުގައި މިދިޔަ އަހަރަށް ވުރޭން ގިނަ ކުދިން ހަރަކާތްތެރިވާނެކަމަށް ސްކޫލް ވަރަށް ބޮޑަށް އުއްމީދު ކުރެއެވެ، އަދި މި ސްކޫލްގައި ފުރަތަމަ ފަހަރަށް ބޭންޑް އުއްފެދުމަށް ގިނަ ގުނަ މަސައްކަތްތައް ކުރާނެވެ.

    .

    ސ އަތޮޅު މަދަރުސާގެ އުއްމީދަކީ މި އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށްވުމެވެ.