Welcome to Seenu Atoll School

ސ.އަތޮޅު މަދަރުސާގެ ކެޑޭޓް ހަރަކާތް ފަށައިފި

Posted on
  • Friday, January 15, 2010
  • by
  • in

  • ސ އަތޮޅު މަދަރުސާގެ ކޭޑޭޓް ކޯ އުފެދުނީ 2009 ވަނަ އަހަރު ނޮވެމްބަރ މަހުގެ 9 ވަނަދުވަހުގައެވެ. އަދި މިހާތަނަށް މި ސްކޫލްގައި ހިންގޭ އެންމެ ބޮޑު އެއް ހަރަކާތަކީ ވެސް ކެޑޭޓް ހަރަކާތެވެ. ސ އަތޮޅު މަދަރުސާ ވަނީ ޝަމްސުދީން ސްކޫލާއެކު ކޮމްބައިން ޕެރޭޑެއްބާއްވާފައެެވެ. ސ އަތޮޅު މަދަރުސާގެ ކެޑޭޓް ފުރަތަމަ ފަހަރަށް ހުވާކުރީ 62 ކުދިންނާއެކުގައެވެ.

    .

    މިއަދު ކެޑޭޓް ހަރަކާތް ފެށިގެން ދިޔައީ ކުދިންގެ އެދުމުގެ މަތިންނެވެ. އެހެން ނަމަވެސް ބެލެނެވިރިންގެ ފަރާތުން ބައެއް ކަހަލަ ޝަކުއާތައް ވަނީ ލިބިފައެވެ. ބެލެނި ވެރިން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި ފާހަނގަކޮށްލެވެނީ ކޭޑޭޓް އިންސްޓްރަކްޓަރަކުނެތުމެވެ. ސްކޫލުން މިއަހަރަށް އިންސްޓްރަކްޓަރަކު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސްކޫލުން އުއްމީދު ކުރާގޮތުގައި ވަރަށް އަވަހަށް އިންސްޓްރަަކްޓަރަކުލިބޭނެވެ.

    .

    މި އަދުގެ ކެޑޭޓް ހަރަކާތުގައި ވަނީ އަލަށް ކެޑޭޓަށް ވަންނަން އެދޭ 15 ދަރިވަރަކު ބައިވެރިވެފައެވެ. އަދި ހުވާކޮށްފައިވާ ކުދިންގެ 75 ޕަސެންޓް ވަނީ ހާޒިރުވެފައެވެ. މިއަދުގެ ޕްރެކްޓިސް ކުރިޔަށް ގެންދިޔާއީ މިދިޔަ އަހަރު ގިރިފުށި ޓްރޭނިން ހަދާފައިތިބި ސީނިއަރުންނެވެ. މިއަދުގެ ކެޑޭޓް ހަރަކާތް ކުރިޔަށް ދިޔަ ވަގުތު ސްކޫލްގެ ތޭރޭގައި އެއްވެސް ކުއްޖެއްގެ އަހުލާޤީ އެއްވެސް މައްސަލައެއްދިމާވެފައި ނުވާކަން ވަރަށް އުފަލާއެކު ފާހަނގަ ކޮށްލެވެއެވެ.

    .

    ސްކޫލްގައި ކެޑޭޓް ހަރަކާތްބޭއްވުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ކުދިންގެ އަހުލާގު ރަނގަޅުކޮށް ކޮންމެ ކުއްޖަކީވެސް ކޮންމެ ކަމެއްގައި ވެސް ކެެރޭ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ދަރިވަރަކަށް ހެދުމެވެ. މިދިޔަ އަހަރު ކެޑޭޓް އުފެދުމާއި ގުޅިގެން ކުދިންގެ އަހްލާގަށް އެދެވޭ ބަދަލެއްއައިކަން ސްކޫލުން ވަނީ ހާމަކޮށްފައެވެ.