2009 ވަނަ އަރު ސ އަތޮޅު މަދަރުސާއަށް ވަށާޖެހުމުގެ ތައުލީމު ވަނީ ތާއާރަފް ކުރެވިފައެވެ. މިސްކޫލް އެއް ސެށަނަށް ކިޔަވާދޭ ސްކޫލަކަށް ބަދަލްވުމާއި ގުޅިގެން ވަނީ ވަރަށް ބޮޑެތި ބަދަލްތައް އައިސްފައެވެ.
.
މިއަހަރު ސްކޫލް ފެށުނު އިރު ސްކޫލްގެ ސެށަންތައް 2009 ވަނަ އަހަރު އޮތްގޮތަށް ފެށިގެން ދިޔަ ނަމަވެސް ދެވަނަ ހަފްތާއިން ފެށިގެން ބޮޑެތި ބަދަލްތަކެއްވަނީ ގެނެސްފައެެވެ. އެގޮތުން ސްކޫލްގެ ސެށަން ފެށޭގަޑި ބަދަލް ވުމާއި ކޮންމެ ދުވަހަކުވެސް އިންޓަވަލްގެ އިތުރުން ނަމާދު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން 12:00 އިން 13:00 އަށް ކިޔެވުން މެދުކެޑުމުގެގޮތުން ބްރޭކެއް ދެވެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެ ކުލާހަކަށް ވެސް ގޭމް ގަޑިއޮވެއެވެ.
.
މި ސްކޫލްގެ ގުރޭޑް 10 ގެ ދަރިވަރުންގެ އެދުމުގެ މަތިން މި ސްކޫލްގައި އަޓީ ކުލާހެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކުލާހުގެ އެންމެ ބޮޑު މަގުސަދަކީ ކުދިން މިދާއިރާއަށް ޝައުގުވެރިކޮށް އެކުދިން ސްކޫލް ނިމުމުގެ ކުރިން އެއްވެސް އުދަގުލެއްނެތި އޮފީސް އެޕްލިކޭޝަން ތައް ބޭނުން ކުރެވޭވަރަށް ދަސްކޮށްދުނުމެވެ. މި ކުލާހުގައި ކިޔަވާ ދިނުމަށް ހަމަ ޖެހފައިވަނީ ސެޓިފިކޭޓް 3 ފެންވަރަށެވެ.
.
ސްކޫލްގެ ގަޑިތަކަށް އައި ބޮޑެތި ބަދަލްތަކާއެކު ސްކޫލްގެ ބެއެއް ބެލެނިވެރިން ނުރުހުން ފާޅުކުރަމުންގެންދާކަމަށްވެސް ސ އެޓޯލް ސްކޫލް ޑޮޓްކޮމް ޓީމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހަމަ އެހެންމެ ބަޔެއް ކުދިންނަށް މިއީ ވަރަށް ބޮޑަށް ކަމުދާ ސިސްޓަމަކަށް ވެފައިވާއިރު ބެޔެއްކުދިންނަށް އެހާ ކަމުދާސިސްޓަމަކަށް ވަނީ ނުވެފައެވެ. އެކުދިން ބުނާގޮތުގައި ކޮންމެ ދުވަހަކު ދެ ވަގުތު ގެޔަށް ގޮސް އިސް އުޅުމުގައި ދަތިތަކެއް އުޅޭކަމަށެވެ.