ކޮންމެ އަހަރެއްގެވެސް ބާވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ ހުންނަ ފާނީޗާރ ފަދަ ތަކެތި ނީލަން ކިޔުމަކީ ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުންވެސް ކުރަމުން އަންން ކަމެކެވެ. އެގޮތުން ސ އަތޮޅު މަދަރުސާގައި ހަލާކުވެފައި ބޭނުން ނުކުރެވޭވަރު ވެފައިވާ ތަކެތި ވިއްކުމުގެ ގޮތުން ނީލަން ކިޔައިފިއެވެ.
.
މިނީލަމަށް މިދެރަށުގެ ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. ޢެގޮތުން ނީލަމުގައި ބައިވެރި ވި ފަރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ނީލަމުގައި ހުރި ތަކެއްޗަކީ ބޭނުން ކުރެވޭ ވަރަށް ވުރެން ބޮޑަށް ހަލާކުވެފައި ހުރި ތަކެތި ކަމަށެވެ. އެހެންނަމަވެސް ހަލާކުވެފައި ހުރި ތަކެތި ނީލަމުން ނެގީ ސްކޫލަށް ކޮންމެވެސް ގޮތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އިތުރަށް ދެންނެވީ " މި އެއްޗެއްސަކުން ކުރާނެ މާބޮޑު ބޭނުމެއްނެތް . އެހެންނަމަވެސް މިއެއްޗެހި ނީލަމުން ނެގީ ސްކޫލަށް ކޮންމެވެސް ގޮތަކަށް އެހީތެރި ކަމުގެ އަތެފޯރުކޮށްދިނުމަށް. އަޅުގަނޑު ނީލަމުން ނެގި އެއްޗެހި ބޭނުންވާ މީހުންނަށް ދީފިން .
.
އެފަރާތުން ހާމަކުރިގޮތަށް އަޅުގަނޑަށް ވެސް ފާހަނގަ ކުރެވުނު ގޮތުގައި ބައެއް ޑެސްކް ފަދަ ތަކެތި ވަނީ މަރާމަތު ކޮށްގެންވެސް ބޭނުން ނުކުރެވޭ ވަރުވެފައެވެ، އެހެންނަމަވެސް އެތަނުން ބޭރު ކޮށްލި ބައެއް ސާމާނު ތަކަކީ މަރާމާތު ކޮށްގެން ބޭނުން ކުރެވިދާނެ ތަކެއްޗެވެ.