ސ އަތޮޅު މަދަރުސާއިން އިސްނަގައިގެން ގައުމީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތަކެއްބާއްވައިފިއެވެ. އެ ގޮތުން އެންމެ ފާހަނގަ ކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި ފާހަނގަކޮށްލެވެނީ ސ އަތޮޅު މަދަރުސާގެ ކެޑޭޓުންނާއި މުހިއްބުއްދީން ސްކޫލް ކެޑޭޓުން ގެ ޝަރަފްގެ ހިގާލުމެވެ. މި ހިގާލުން ފެށުނީ އެދުވަހުގެ ހަވީރު 4:30 ވީ އިރު ހުޅުދޫ ސްކޫލް ކުރިމަތިންނެވެ. މި ހިގާލުން ވަނީ ހުޅުދޫ އާއި މީދޫ ބޮޑުތިމަގުތަކުގައި ބާއްވާފައެވެ. މި ހިގާލުން ނިމުނީ ސ މީދޫ ސަން ސެޓް ރެސްޓޯރެންޓްގެ ކުރިމަތިން ސަފްތައް ރޫޅާލުމުންނެވެ.
.
މީގެ އިތުރުން ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން ސ އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުންނާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތްކެއްވަނީ ބާއްވާފައެވެ. އެގޮތުން 14 ވަނަ ދުވަހު ކުދިންގެ ހުނަރު ދައްކާލުމުގެ ގޮތުން ސ އަތޮޅުމަދަރުސާގެ ދިވެހި ޖަމީއްޔާއިން އިސްނަގައިގެން ވަނީ ސްޓޭޖް ހަރަކާތް ތަކެއްބާއްވާފައެވެ. މިސްކޫލްގެ ކުދިން އެކުދިންގެ ހުނަރު ދައްކަމުން ދިޔަ އިރު މިސްކޫލްގެ މުސްކުޅި ދަރިވަރުންވެސް ވަނީ މިދުވަހުގެ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ގޮތުން ކޮމެޑީ އެއް ހުށައަޅާއެވެ. މިކަމުނުން ދޭހަ ވަނީ ސްކޫލްގެ ކަންތަކުގައި އެކުދިން ބަހައްޓަވާ ގާތްކަމެވެ.
.
މީގެ އިތުރުން މުހިއްބުދީން ސްކޫލާއި ސ އަތޮޅު މަދަރަސާއާއި ހުޅުދޫސްކޫލާއި ޝައްމްސުއްދީން ބައިވެރިވެގެން ވަނީ ގައުމީދުވަހުގެ ރަސްމީ ޖަލްސާއެއްބާވާފައެވެ. މިޖަލްސާގައި ކޮންމެ ސްކޫލަކުންވެސް ވަނީ އެއް ސްޓޭޗް އައިޓަމް ހުށައަޅާފައެވެ. .
.
ސ އަތޮޅު މަދަރުސާގެ އުއްމީދަކީ ކުރިޔަށް އޮތް ދުވަސްކުގައިވެސް މިކަހަލަ މިއަވުރޭން ގިނަ ސްކޫލް ތަމްސީލް ކުރާ ހަރަކާތްތައް ބޭވުމެވެ. މިއިވެންޓް ތަކުގެ ސަބަބުން ސްކޫލްތަކުގެ މެދުގައި އޮތް ގުޅުން ބަދަހި ވެއްޖެ ކަން ޔަގީނެވެ.