ސ އަތޮޅު މަދަރުސާއަށް 27 އަހަރު ފުރުމުގެ މުނާސަބަތުގައި 16 ވަނަދުވަހުގެ ރޭ މި ސްކޫލްގެ ހޯލުގައި ވަރަށް ހާއްސަ ޝޯއެއް ބާއްވައަފިއެވެ. މިސްކޫލްގެ ބެލެނި ވެރިންނާއި ޓީޗަރުންނާއި މުސްކުޅި ދަރިވަރުންގެ ހަރަކާތްތައް ފެނިގެން ދިޔަ މި ޝޯގެ ޓިކެޓް އެއްކޮށް ވަނީ ވިކިފައެވެ. މީގެ އިތުރުން ޝޯ ހިގަމުން ދިޔަ ވަގުތު ފަންޑު ރައިޒް ކުރުމުގެ ގޮތުން ބޭރުގައި ފަންޑު ފޮށްޓެއް ބޭއްވިފައި ހުޢްޓެވެ. 
.
މިސްކޫލްގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަ ޖެއްސި ކާނިވަލް ވަނީ މެއި މަހުގެ 7 ވަނަ ދުވަހަށް ފަސް ކުރިވިފައެވެ.  މި ކާނިވަލްގައިވެސް ބެލެނިވެރިންނާއި ޓީޗަރުންނާއި ކުދިންނާއި މުސްކުޅި ދަރިވަރުންގެ ސްޓޯލްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސްޓޭޖް ޝޯއިން އެންމެން ހެއްވާލާފައި ވާ  އަދި އެހާމެ ތަރުހީބުލިބިފައިވާ ހާމާން ރިޓާރންސްގެ  ހާމާން ގެ ކެރެކްޓާރ އާ އެކު ފޯޓޯ ނެގޭނެގޮތް އިންތީޒާމް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އެމީހުންގެ ހުނަރު ދައްކޫލުމުގެ ފުރުސަތު ދެވޭނެވެ
 
 
