މިސްކޫލްގެ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާ ޓީޗަރުން ގުޅިގެން ވަރަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ސްޓޭޖް ޝޯއެއް ވެސް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.ޓިކެޓް ވިއްކައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯ ގެ ޓިކެޓް ވިއްކާނެ ދުވަސްތަކާއި ގަޑި ފަހުން  މިވެބްސައިޓް މެދުވެރިކޮށް ގެނެސްދެވޭނެއެވެ. 
.
މީގެ އިތުރުން ހުރިހާ އުމުރަކަށް ހާއްސަކޮގެން ބާއްވާ ކާނިވަލްއެއް ވެސް ބާއްވާގޮތަށް ވަނީ ވެފައެވެ. މިކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި މައުލޫމާތުދޭ ސްޓޯލްތަކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޑިޒްނީ ލޭންޑް ގެ ނަމުގައި ވެސް ސްޓޯލް އެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.
.
މިހަރަކާތް ކުލަގަދަ ކުރުމަށްޓަކައި ތިޔަ އެންމެހާ ބޭފުޅުންގެ އެއްބާރުލުން  ބޭނުންވާނެއެވެ. މި ސްކޫލްގެ އުއްމީދަކީ މި ހަރަކާތަކީ ވެސް މިސްކޫލަށް ކާމިޔާބު ހަރަކާތަކަށްވުމެވެ.
 
 
