Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާގެ އިންޓާރ ހައުސް އެތްލެޓިކްސް މީޓް 2010 ނިމިއްޖެ

Posted on
  • Sunday, May 2, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާގެ 2010 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ކުޅިވަރު މުބާރަތް ނިމިއްޖެއެވެ. ހައުސް ތަކުގެ މެދުގައި ބޭއްވުނު މި އެތްލެޓިކްސް މުބާރާތް ނިމިގެން ދިޔައީ ވަރަށް ވެސް ޖޯޝާ ފޯރީގައެވެ. އަދި އެހާމެ ވާދަވެރި ގޮތަކަށެވެ. ސ އަތޮޅު މަދަރުސާގެ ހަޔާތުގައި ވެސް ބޭއްވުނު އެންމެ ވާދަވެރި މުބާރާތްކަމުގައި މި މުބާރާތް ވެގެން ދިޔައީ ޓީޗަރުންނާއި ބެލެނިވެރިންނާއި މި މުބާރާތައް ދިން އެެއްބާލުމުގެ ސަބަބުންނެވެ.

    .

    3 ދުވަހަށް ދެމިގެން ދިޔަ މިމުބާރާތުގެ ފޯރި ދިޔައީ އެއްދުވަހުން އަނެއްދުވަހަށް ގަދަވަމުންނެވެ. އެ ގޮތުން ފުރަތަމަ ދުވަހަށް ވުރޭން ދެން ޖެހިގެން އައި ދުވަސްތަކުގައި ވާދަވެރިކަން ބޮޑުވިއެވެ. ފުރަތަމަ ދުވަސް ނިމިގެން ދިޔަ އިރު ބައެއް ހައުސް ތަކަށް އެއްވެސް ތަކަށް ޕޮއިންޓެއް ލިބިފައި ނެތް ނަމަވެސް ދެވަނަ ދުވަހު ވެގެން ދިޔައީ ހުރިހާ ހައުސެއްވެސް ޕޮއިންޓްގެ ގޮތުން ހަމަ ހަމަ ވި ދުވަހަކަށެވެ.

    .

    މި މުބާރާތުގެ އެންމެ ފަހު ދުވަހަސް ވެގެން ދިޔައީ ބައެއް ހައުސްތަކަށް ހަޖަމް ކުރަން ދަތި ދުވަހަކަށެވެ. އީ 2 ދުވަހުގެ ޕޮއިންޓަށް ބެލި އިރުވެސް އެންމެ ފުލަގައި އޮތް ހައުސް އެއްވަނަ އަށް އެރުމެވެ. އެހެން ނަމަވެސް އެ ހައުސްގެ 2 އިވެންޓް ޑިސްކޮލިފައިވުމުގެ ސަބަބުން ވަނީ ޕޮއިންޓް ޓެބަލްގެ 2 ވަނަ އަށް ވެޓިފައެވެ.

    .

    މި މުބާރާތުގެ އެއްވަނަ ހައުސް އަކަށް ހޮވިފައި ވަނީ ޝަމްސުއްދީން ހައުސްއެވެ. ވަރަށް ކުޑަ ތަފާތަކާ އެކު ދެވަނަ ހުރަވީ ހައުސް ހޯދާފައިވާއިރު ތިންވަނަ ހޯދީ ސިކަންދަރީ ހައުސްއެވެ. މި މުބާރާތް ނިމުމުގެ ރަސްމީޔާތުގައި ޗެމްޕިއަން ހައުސް އަށް ތަށި ހަވާލު ކޮށް ދެއްވީ ބޭންކް އޮފް މޯލްޑިވްސް ހުޅުމީޑު ބުރާންޗް ގެ މެނޭޖާ އާމިނަތު ޝަޒްލީންއެވެ.