Welcome to Seenu Atoll School

ސ.އަތޮޅު މަދަރުސާ ކެޑޭޓް ކޯ

Posted on
  • Sunday, May 2, 2010
  • by
  • in

  • ސ.އަތޮޅު މަދަރުސާ ކެޑޭޓް ކޯ ގެ ދަރިވަރުން އާއި ދަރިވަރުންގެ ބެލެނިވެރިން ކެޑޭޓްއާއި މެދު ދެކޭ ގޮތް ބަދަލުކޮށް ކެޑޭޓްއަށް ހޭލުންތެރި ކުރުމުގެ ގޮތުން 23 އޭޕްރީލް 2010 ވީ ހުކުރު ދުވަހުރޭގައި ސ.އަތޮޅު މަދަރުސާގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެމް.އެން.ސީ.ސީ އިންސްޓަކްޓަރ ސާޖެންޓް ފަރުހާދުއެވެ. ފަރުހާދު ދެއްކެވި ޕްރެޒެންޓޭޝަން ނިމިގެން ދިޔައިރު ކެޑޭޓަކީ ހަމަ އެކަނި ފައި ބިންމަތީ ޖަހާލާ ބައެއް ނޫންކަމާއި، ކެޑޭޓުގެ ރޭންކުތާކާއިއެންގިގެން ދިޔައެވެ. އަދި ހަމަ އެހެންމެ ގައުމީ ކެޑޭޓް ކޯ ގެ ވެރިންނާއި އެބޭފުޅުންގެ މަސްއޫލިއްޔަތާއި، ގައިމީ ކެޑޭޓް ކޯ ގެ އެޗް.ކިއު ތަކުގެ މަސްއޫލިއްޔަތާއި އެޗް.ކިއު ތިބޭ ސަރަހައްދުތަށް އެންގިގެން ދިޔައެވެ.އަދި ކެޑޭޓް ކޯ މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުން ދިޔަކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ދިފާއީ ބާރުގެ ބެލެހެއްޓުމުގެ ދަށުން ކަން އެނގިގެން ދިޔައެވެ. ދިފާއީ ބާރުގެ ދަށަށް އައުމުން 3 ރިންގެއް އުފެދިގެން ދާނެކަންވެސް ފަރުހާދު މައުލޫމާތުދެއްވިއެވެ. މި ބައްދަލުވުމުގައި ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް ވަނީ ފަރުހާދު ސްކޫލުގެ ކެޑޭޓް ކޯ ހިންގުމާއި ހަވާލުވުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ

    ލިއުނީ އަހުމަދު މިފްތާހް.