މިއަދު ހެދުނު މި ސްކޫލްގެ އިންގްލިޝް ކުލަބުން  އިންގްލިޝް ވީކް ނިންމުމުގެ ގޮތުން ސްޓޭޖް ހަރަކާތްތަކެއް ބާއްވައިފިއެވެ. އެގޮތުން މިއަދު ހެދުނު 8 ޖެހިއިރު މި ސްކޫލްގެ ހޯލުގައި ބޭއްވި މި ހަރަކާތް ފެށިގެން ދިޔައީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. 
.
ސްޓޭޖް ހަރަކާތް ފެށިގެން ދިޔައީ ކުއްލި މައުޞޫއަށް ވާހަކަ ދެކުމުންނެވެ. މިއަދުގެ ހަރަކާތް ތަކަށް ބަލައިލާ އިރު އެންމެ ފޯރި ގަދަ އެއް ހަރަކާތަކަށް ނުވަތަ އައިޓަމަކަށް ވެފައިވަނީ ބަހުސްއެވެ. މި ބަހުސްކުރެވުނީ  އަންހެން ކުދިންގެ ޓީމަކާއި ފިރިހެން ކުދިންގެޓީމަކާއެވެ. މި ބަހުސްގެ މައުޞޫއަކީ އަންހެނުނާ ފިރިހެނުންނާ ހަމަ ހަމަ  މި މައުޞޫއަށެވެ . ފިރިހެން ކުދިންގެ ޓީމުން އަންހެނުނާ ފިރިހެނުންނާ ހަމަ ހަމަ އެއް ނޫނޭ ބުނަމުން ދިޔަ އިރު އަހެންކުދިންގެ ޓީމުން ބުނަމުން ދިޔައީ ހަމަ ހަމަ އެވެ
.
މި ބަހުސް އަކީ ކުދިންގެ ބަހުސް ކުރުމުގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ ބަހުސެކެވެ. އެގޮތުން ކުދިން މި ބަހުސް އަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަންވެސް ފާހަނގަކުރެވެއެވެ. މި ބަހުސް  ނިމިގެން ދިޔައީ ފިރިހެން ކުދިންގެ ޓީމް މޮޅުވެގެންނެވެ.
.
މި ކަހަލަ ހަރަކާތްތައް ވެގެންދާނީ  ކުދިންނަށް އެކުދިންހެ ހުނަރު ދައްކާލުމަށް  ލިބޭ މުހިންމު ފުރުސަތަކަށެވެ.  
 
 
