Welcome to Seenu Atoll School

ސ އަތޮޅު މަަދަރުސާގެ ކެޑޭޓް ކޯ އަށް 1 އަހަރުވަނީ

Posted on
  • Tuesday, July 20, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާގެ ކޭޑޭޓް އިފްތިތާހް ކުރެވުނީ 2009 ވަނަ އަހަރުގެ ނޮވެމްބާރ މަހުގެ 9 ވަނަ ދުވަހުގައެވެ. ސ އަތޮޅު މަދަރުސާ ފުރަމަ ހުވާކުރީ 60 ކުދިންނާއި އެކުގައެވެ. އެހެން ނަމަވެސް މި އަދު ކެޑޭޓް ކުރި އަރަމުން ގޮސް 82 ކުދިން ވަނީ ރަޖިސްޓަރީ ވެފައެވެ. އަދި މިއަދު ކެޑޭޓުން އުއްމީދު ކުރަނީ ފުރަތަމަ ފަހަރަށް ޕޮރޮމޯށަން ލިބެނޭ ދުވަހަކަށެވެ

    .

    މިއަދަކީ އެހެން ދުވަހެކޭވެސް އެއްގޮތަށް އެކުދިންނަށް ފަރިތަކުރުން އޮތް ދުވަހެކެވެ. އެންމެންގެ ވެސް މޫނު މަތިން ފެނިގެން ދިޔައީ އެހެން ދުވަހު ނުފެންނަ އުފާވެރިކަމެކެވެ އެހެނީ މިއަދަކީ މި އަހަރު މީހަތަނަށް އެންމެ ހާޒިރީ ރަނގަޅު ދުވަސްކަމަށްވާތީއެވެ. އެހެން ދުވަސްތަކާ ތަފާތު ގޮތަކަށް ފަރިތަ ކުރުންތައް ގެންދިޔުމަށް ސީނިޔާރ ކުދިން ރޭވިއެވެ. އަދި އެކުދިން ޝައުގުވެރި ކުރުވުމަށް ގިނަ ކަންތައްތަކެއް ބޭއްވިއެވެ

    .

    މިރޭގެ ޕްރެކްޓިސް ނުވަތަ ފަރިތަކުރުންތައް ނިމިގެންދިޔައީ އެއްވެސް ކުޖެއްގެ އަހުލާގީއެއްވެސް މަސްސަލައެއްނުޖިހިއެވެ. ހަމަ ޔަގީނުން ވެސް މިއީ އެކުދިން އިސްނަގައިގެން ބެއްވުނު ފަރިތަ ކުރުން ތަކުގެ ތެރެއިން އެކުދިންގެ އަހުލާގު ފެނިގެންދިޔަ ފަރިތަކުރުމެވެ.