މި އަހަރުގެ ޖުލައި 26 ވަނަ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެވެނު އެއް ހަރަކާތް ކަމުގައިވާ ޝަރަފްގެ ހިގާލުން ފެށުނީ ސ އަތޮޅު މަދަރުސާގެ ކުރިމަތިންނެވެ. ޝަމްސުއްދީން ސްކޫލާއި ސ އަތޮޅު މަދަރުސާ ގުޅިގެން ބޭއްވުނު ޝަރަފުގެ ހިގާލުމުގައި ސ އަތޮޅު މަދަރުސާގެ ފަރާތުން ވަނީ 30 ޕްރައިވެޓުންނާއި 5 ރެކްރޫޓުން ބައިވެރިވެރިވެފައެވެ. ހުޅުމީދޫގެ ބޮޑެތި މަގިތަކުގައި ބޭއްވުނު މި ޝަރަފްގެ ހިގާލުން ފެއްޓުމުގެ ގޮތުން ރިޕޯޓް ކޮށްފައިވަނީ ސ އަތޮޅު މަދަރުސާގެ ޕްރައިވެޓް އަހުމަދު ޔޫނުސްއެވެ. މި ހިގާލުމުގެ ހުއްދަ ދެއްވީ ޝަަމްސުދީން ސްކޫލްގެ ޕްރިންސިޕަލްއެވެ. 
.
މިހިގާލުން ނިންމާފައިވަނީ ޝައްމްސުއްދީން ސްކޫލްގެ ކުރިމަތިންނެވެ. މި ޝަރަފުގެ ހިގާލުން ނިންމުމުގެ ގޮތުން ރިޕޯޓް ކުރީ  ޝަމްސުއްދީން ސްކޫލްގެ ޕްރައިވެޓް އަހުމަދު ޔޫސުފްއެވެ. މިހިގާލުން ބެލުމަށްޓަކައި ހުޅުދޫ މީދޫގެ ވަރަށް ގިނަ އަދެދެއްގެ ބަޔަކު ވަނީ ހިގާލުން ބޭއްވުނު މަގުތަކަށް އެވެފައެވެ.
 
 
