Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާއިން އިސްނަގައިގެން ބާއްވާ ސައިންސް ފެއާރ 2010 22 އިން 24 އޮގަސްޓްގެ ނިޔަލަށް

Posted on
  • Friday, August 20, 2010
  • by
  • in
  • ސ އަތޮޅުމަދަރުސާގެ ސައިންސް ފެއާއެއް ނުބާއްތާ ވަރަށް ގިނަ އަހަރު ތަކަކަށް ފަހު އެނެއްކާވެސް އައު ފެށުމަކާއެކު ސައިންސްފެއާއެއް ބާއްވަން ނިންމައިފިއެވެ. އެ ގޮތުން މި ސްކޫލްގެ ސައިންސް ޑިޕާޓްމެންޓުން އިސްނަގައިގެން މި މަހުގެ 22 އިން 24 ހުގެ ނިޔަލަށް ބާއްވާ މި ފެއާއަށް ވަނީ ދެ ސްކޫލަކަށް ދައުއަަތު ދީފައެވެ. އެގޮތުން ދައުއަތު ދީފައިވާ 2 ސްކޫލަކީ ޝަމްސުދީން ސްކޫލާއި ، ހުޅުދޫ ސްކޫލެވެ. މިދެ ސްކޫލް އިން ވެސް މޮޑަލްތައް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

    .

    މި ސްކޫލްގެ ސައިންސް ޑިޕާޓް މެންޓުން ހާމަ ކުރާގޮތުގައި މި ފެއާރގެ އެންމެ ބޮޑު ބޭނުމަކީ މިކަންތަކަށް ކުދިން ހުންނަ ޝައުގާއި އެކުދިން ގެ ހުނަރު ދައްކާލުމެވެ. މި ފެއާރ އަށްޓަކައި ކުދިން ދަނީ ތާފާތު އެއްޗެހިތައް ތައްޔާރު ކުރަމުންނެވެ. ސައިންސް ފެއާރއަށް ސްކޫލްގެ ފަރާތުން ތިޔަ އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަމެވެ.