ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން ސްކޫލްގެ ގޯތި ތެރެ ހަވީރު ގަޑިތަކުގައި ދަނީ ހަލަބޮލި ވަމުންނެވެ. އެހެނީ މިހާރު ގުރޭޑް 10 ގައި ކިޔަވަމުން ދާ ދަރިވަރުން އެކުދިންގެ އޯލެވެލްއަށް ތައްޔާރު ވުމުގެ ގޮތުން އިތުރު ގަޑި ނަގަމުންގެންދާތީއެވެ
.
މިހަރަކީވެސް އެހެން އަހަރުތަކާ އެއްގޮތަށް ފާއިތުވީ އަހަރުތަކަށް ވުރެ ރަނގަޅު ނަތީޖާ ހޯދާނޭ ކަމަށް އުއްމީދުކޮށްގެން ތިބި އަހަރެކެވެ. މި ކަން ހާސިލް ކުރެވޭނީ ކިޔަވަމުން ދާ ދަރިވަރުންނާއި މުދަައްރިސުން ގުޅިގެން މަސައްކަތްކޮށްގެންނެވެ. ސ އަތޮޅު މަދަރުސާ ދަނީ އެއްދުވަހުން އަނެއް ދުވަހަށް ނަތީޖާ ރަަަަަަަނގަޅު ކުރަމުންނެވެ. މިކަން މިގޮތަށް ދިއުމުގެ ސިއްރަކީ ކުދިން ކުރާ މިންނެތް މަސަކަތެވެ. އެކުދިން ރެޔާ ދުވާލު ހޭލާ ތިބެގެން ކުރާ މަސަތްކަތުގެ ފޮނި ނަތީޖާއެވެ.
.
ސްކޫލްގެ ފަރާތުން އިތުރު ގަޑި ތައް ނަގަމުންދާ މިފަދަ ދަނޑިވަޅުތަކަކީ ވަރަށްވެސް މުހިއްމު ވަގުތުތަކެވެ. އެހެންނަސް ބައެއްކުދިންގެ ފަރާތުން މިކަމަށް އަހަމީއްޔާތު ކަން ދެ ތަނެއް ނުފެނެވެ. އެކުދިން އިތުރު ގަޑީގެ ކުލާސްތަކުން ނުފެންނަކަމީ ސްކޫލް އިން އިންތިހާ އަށް ހިތާމަ ކުރާކަމެކެވެ.