މިޑްޓާމް ޓެސްޓް 5 އޯގަސްޓް 2010 ގައި ފެށޭއިރު ޓެސްޓަށް ތައްޔާރުވީ ކިތަށް ކުދިންނަށްތޯ؟ މިޑްޓާމް ޓެސްޓަކީ ޓާމް ޓެސްޓަށް 25ޕަސެންޓް ގެ މާކްސް ނެގޭ ޓެސްޓަކަށް ވާތީ މި ޓެސްޓުން ރަނގަޅު މާކްސް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ބާކީ މި އޮތް ކުޑަ ދުވަސްކޮޅު ކުރިން ކުރި މަޖާ ދޫކޮއްލުމަށްފަހު ޓެސްޓަށް އިތުރަށް މަސައްކަތް ކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.ދުވަސް ކުރިޔަށް ގެންދާނެ ގޮތުގެ ތައާވަލެއް ހެދުމަށްފަހު އެއާއި އެއްގޮތަށް ކަނތަށް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މި ތައާވަލުގައި ކިޔެވުމަށް ގިނައިރު ދިނުން ބުއްދިވެރިއެވެ. ސަބަބަކީ ތިކުދިންގެ ޓެސްޓަކީ ތިކުދިންގެ މުސްތަގުބަލް އެއްޗެއްގެ މައްޗަށް ބިނާކުރެވިފައިވާ ކަމަކަށްވާތިއެވެ. އަޅުގަނޑުގެ ދުއާ އަކީ ﷲ ތިކުދިންގެ ހިތް އަލި ކުރަށްވައި ތިކުދިންނަށް ރަނގަޅު ނަތީއްޖާއެއް ލިބުމުގެ މަގު ތަނަވަސް ކޮށް ދެއްވުން. އާމީން