ސ އަތޮޅު މަދަރުސާގެ ގުރުއާން މުބާރާތް މިއަދު މެންދުރު ނިމިއްޖެއެވެ. މިއަދު ހެދުނު ފެށުނު މި މުބާރާތުގައި 13 ކުދިން ވަނީ ބައިވެރި ވެފައެވެ . އެހެންނަމަވެސް ބައިވެރިވީ ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު މި މުބާރާތުގައި ކިޔަވާފައި ނުވެއެވެ. މި މުބާރާތަކީ ކޮންމެ އަހަރެއްގައިވެސް ބާއްވާމުބާރާތެކެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ބައިވެރި ވެފައިވަނީ ނިސްބަތުން މަދު ބައިވެރިންތަކެކެވެ. އެހެން އަހަރު ތަކާއި އަޅައި ބަލައި ލާއިރު މި މުބާރާތަކީ އެެންމެ މަދުން ދަރިވަރުން ބައިވެރިވި މުބާރާތެވެ.
.
މިމުބާރާތަކީ މި މަދަރުސާގެ އިސްލާމް ކުލަބުން އިސްނަގައިގެން ބޭއްވި މުބާރާތެކެވެ. އެކުލަބުން ހާމަ ކުރާގޮތުގައި ކޮންމެ އަހަރަކުވެސް މި މުބާރާތް ބޭއްވުމުގެ މައިގަޑު ބެނުމަކީ ކުދިން ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްްސައި ސްކޫލް ފެންވަރިގައި އެކުދިންނަށް ވާދަ ކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ.
.
މީހަރަކަށް އައިސް ކުދިންގެ ގުރުއާން ކިޔެވުމުގެ ފެންވަރުދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންނެވެ. މިކަމުގައި ޝާމިލް ވާކުދިން މުބާރާތެއް އައުމުގެ ކުރިން ފަރިތަކުރާތަނެއް ވެސް ނުފެންނަކަން ފާހަނގަ ކުރެވެއެވެ. މިކަމަކީ އަޅުގަނޑު މެން ކަންބޮޑު ވާންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ. މިގޮތަށް މިފަދަ މުބާރާތް ތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށް ވުމުގެ ސަބަބުން ކުރިޔަށް އޮތް އަހަރުތަކުގައި މި ފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ކުދިން ނެތިގެން މިފަދަ މުބާރާތް ތައް ނުބޭވޭގޮތް ވުމަކީވެސް އެކަޝީގެންވާކަމެކެވެ.