Welcome to Seenu Atoll School

އިމްތިހާނަށް ތައްޔާރު ވުން

Posted on
  • Friday, September 3, 2010
  • by
  • in
  • އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އަހަރުގެ ފަހުކޮޅަށް ދާ ވަރަކަށް ކިޔަވާ ކުދިން އެކުދިންގެ އަހަރު ފަހު އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން ބުރަ މަސައްކަތްތަކެއްކުރެއެވެ. އެ ގޮތުން ރެއާއި ދުވާލު ގިނަ ވަގުތު ފޮތާއި އެކޮށް ހޭދަ ކުރެވެ. ބަޔެއް ކުދިން އިމްތިހާނު މިހާ ކައިރި ވުމުން އެ ކުދިންގެ ހިތުގައި ނުތަނަވަސްކަން އުފެދެއެވެ. އިގިރޭސި ބަހުން ދަންނަވާ ކަމަށްވާނަމަ ސްޓްރެސް ވެއެވެ. މިއީ ގިނަ ފަހަރަށް އެކުދިންނަށް އަމިއްލަ އިތުބާރެއްނެތީމަ ދިމާވާ ކަމަކަށް ވުން ވެސް އެކަޝީގެންއެވެ. އޭގެ ސަބަބު ތަކެއްވެސް އެބަހުއްޓެވެ. ކުލާހުގައި ޓީޗަރު ދެއްވާ ފިލާވަޅު ތައް ރަނގަޅަ ދޭހަ ނުވުން ، ނުވަތަ ކުލާހިގައި ޓިޗަރު ދެއްވާ އިރުޝާދު ތަކާއި މެދު އެހާ ސަމާލުކަމެއްނުދެވެނީއެވެ.

    ގުރޭޑް 10 އެއްގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުން މުޅި ދުވަސް ހޭދަ ކޮށްލަނީ ސްކޫލުގައި ޓީޗަރުންނާއި އެއްކޮށެވެ. އެ ދަރިވަރުންނަށް ނެގޭ އެއްޗެހި ދަސްކުރުމުގައެވެ. ގިނަ ފަހަރަށް އެހެން ތަންތާގައި ޓީޗަރު ދަރިވަރުންކައިރީގައި ވަކި ގަޑިއެއް ބުނެގެން ކުދިންގެންނަނީ ޓީޗަރެވެ. އެހެންނަމަވެސް އެއާއި ހިލާފަށް މިއަހަރު ކުދިންގެ ކަންތައްތައް ފެންނަނީ މުޅިންވެސް ތަފާތު ގޮތަކަށެވެ. ކުދިން އެކުދިންގެ ޓީޗަރުންނަށް ދަންވައިގެން ޓީޗަރުން ސްކޫލަށް ގެނެސްގެން މަސައްކަތް ކުރެވެ. މިއީ މިއަހަރު ކުދިން ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމުގެ ހެޔޮ ފާލެއްކަމުގައި ނުނީ ނުވާނެވެ.

    އެހެން ނަމަވެސް ހިތާމަޔަކީ މިސްކޫލުގައި މަދު ދަރިވަރުން ކޮޅެއްނަމަވެސް މިކަމާ ދޭތެރޭގައި ނުވިސްނާ ދަރިވަރުން ތިބުމެވެ. ބަޔެއް ދަރިވަރުން މި ދުވަސްކޮޅާއި ދިމާކޮށް އެޓެންޑެންސް ނުވަތަ ހާޒިރީ ދަށްވެއެވެ. މި ކަމުން ދޭހަވަނީ އެކުދިން އެކުދިންގެ މުސްތަގުބަލާއި ދޭތެރޭގައި ނުވިސްނާކަމެވެ. އޭގެ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ އެކުދިން ގެ ބިންގާ އެޅުނުގޮތް ގޯހީއެވެ. އެހެންނޫނީ އެކުދިންނާއި އެންމެ އަޅާލާންވީ ވަގުތު އެކުދިންނާއި އަޅާނުލެވުނީއެވެ. ހަމަ ޔަގީނުންވެސް މިކަމާއި ޒިއްމާވާނެ ފަރާތްތަކެއްވެއެވެ. ކޮންމެ އިންސާނަކުންވެސް ފުރަތަމަ މި ދުނިޔެއަށް ނޭވާ ލަނީ ފިތުރަތުގެ ސާފްތާހިރު ކަންމަތީގައެވެ. އެއްވެސް ނުރަގަޅު އެއްޗެއް ނޭގޭ ހާލުގައެވެ.

    އަޅުގަނޑުގެ ދުއާއަކީ އެންމެހާ ދަރިވަރުންނަށް ހެޔޮ ބުއްދި ދެއްވައި އެކުދިން ކުރާ ބުރަ މަސައްކަތުގައި މާތް ﷲ ބަރަކާތްލެވުމެވެ. އަދި އެކުދިންނަށް ރަނގަޅު ނަތީޖާ ހޯދުމުގެ ހެޔޮ ތައުފީގު ދެއްވުމެވެ

    އާމީން