ސ އަތޮޅު މަދަރުސާގެ 2010 ވަނަ އަހަރު ދަސްވެނިވުން އިއްޔެ ސ އަތޮޅުމަދަރުސާގެ އެސެމްބުލީ ގުރައުންޑުގައިބާއްވައިފިއެވެ. އެގޮތުން އިއްޔެ ރޭ 8:30 ވީ އިރު ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ސ މީދޫ ކައުންސިލާ ހުސެއިން ޝާހިދުއެވެ.
މި ޖަލްސާ ފެށިގެން ދިޔައީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. އެ ގޮތުން ގުރުއާން ކިޔާވީ ސްކޫލްގެ ގުރޭޑް 10 ގެ ދަރިވަރު އާއިޝަތު ސާއިދާއެވެ. އެއްފަހު ޖަލްސާ ތާރަފް ކުރެއްވީ ސ އަތޮޅު މަދަރުސާގެ ލީޑިން ޓީޗާރ އާމިނަތު ޒާހިރާއެވެ. ސ އަތޮޅު މަދަރުސާގެ ލީޑިން ޓީޗާރ އަހުމަދު ވަހީދުވަނީ މި ޖަލްސާގައި ދަރިވަރުގެ ކިޔެވުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އަހުމަދު ވަހީދުގެ ވާހަކައިގައި ދަރިވަރުންނަށް ވަނީ ގަދަ އަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ކަންތައްތައް ރަނގަޅަށް ޕުލޭންކޮށްގެން ކުރުމަށްވަނީ ގޮވާލާފައެވެ. އަދި މިިދުވަސްވަރަކީ ޓެސްޓު ކައިރިވެފައިވާ ދުވަސް ވަރަކަށް ވުމާއެކު އެކަމަށްވެސް ވަނީ އަލި ޢަޅުވާލަފައެވެ.
.
ސ އަތޮޅު މަދަރުސާގެ ޕުރިންސިޕަލް މި ޖަލްސާގައި ވަނީ ދަރިވަރުނާއި މުހާތަބު ކޮށްފައެވެ. ޕުރިންސިޕަލް ގެ ވާހަކައިގައި ކުރިޔަށް އޮތްތާގައި އެކުދިންނާއި ދިމާވާނެ ކަންތަައްތަކަށް އަލިއަޅުވަފައިވެއެވެ. އަދި ކުދިންގެ ބެލެނިވެރިންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގައި ދަރިވަރުންނަށް ގޭގައި ކިޔެވުމަށް މަގުފަހި ވާކަހަލަ މާހައުލެއް އެކުދިންނަށް ހޯދައި ދިނުމަށް އެދިފައިވެއެވެ.
މި ޖަލްސާގެ ޝަރަފުވެރި މެހުމާނު ހަސަން ޝާހިދު ވެސް ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ. އެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައި ކުދިންގެ މެދުގައި ކިޔެވުމުގައި އޮންނަ ވާދަވެރި ކަމުގެ މައްޗައް އަލި އަޅުވާފައިވެއެވެ.
.
މި ޖަލްސާ ހާއްސަ ކުރެވިފައިވާ ދަރިވަރުންކަމުގައި ވާ މި އަހަރު ދަސްވެނިންނަށް ހަނދާނީ ލިޔުމާއި ރިޕޯޓް ހަވާލުކޮށްދެއްވީ މި ޖަލްސާގެ ޝަރަފުވެރި މެހުމާނު ސ މީދޫ ކައުންސިލާރ ހަސަން ޝާހިދުއެވެ. މިޖަލްސާ ނިމިގެން ދިޔައީ ސްކޫލްގެ ލަވައިންނެވެ.