Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާގެ 2 ވަނަ ޔުނިޓް ޓެސްޓް ބޯ މަތީގައި އެހެން ނަމަވެސް މިކަމާ މެދު މިސްނަނީ ކިތައް ކުދިންބާ

Posted on
  • Wednesday, September 22, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާގެ 2 ވަނަ ޔުނިޓް ޓެސްޓް މިއަންނަ ހޯމަ ދުވަހު ފެށޭ އިރު މިކަމާމެދު ވިސްނަނީ ވަރަށް މަދު ދަރިވަރުންނެވެ. މި އަހަރުގެ މިހާ ހިސާބަށް އައި އިރު ސްކޫލްގެ ކުދިން ދަނީ ހަލަބޮލި ވަމުނުންނެވެ. އެހެން ކަމުން ސްކޫލްއިން ދަނީ މިކަނަތައް ހުއްޓުވުމުގެ ގޮތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާ ޓެސްޓުތަށް ކައިރި ވެފައިވާ ވުގުތެއްގައި ކުލާސް ތެރޭގައި ޓީޗަރަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އެކި ކަންތަކުގައި މަސްއޫލު ވެގެން އުޅެތަން ވެސް އާދެއެވެ.

    .

    ޓެސްޓުތަކަކީ އެއްކުޖަކު އެ އަހަރު ފާއިތުވެދިޔަ ދުވަސް ތަކުގައި ކުރި މަސައްކަތުގެ އުޖޫރަ ލިބިގަތުމަށްޓަކައި ބާއްވާ އެއްޗަކަށް ވާ ހިނދު އެކުދިން ޓެސްޓުތަކާއި މެދު ފަރުވާ ނުބަހަޢްޓަނީ ކީއްވެގެން ތޯ ؟ މި ސުވާލު ތަކުގެ ޖަވާބު ހަމަ ޔަގީނުންވެސް އެންމެ ރަނގަޅަށް ދެވޭނެ އެއް ބަޔަކަށް ވާނީ ކުލާސްތެރޭގައި ކިޔަވަން ތިބޭ ދަރިވަރުންނަށެވެ. އެއްވެސް މީހާކު އެމީހެއް ކުރި މަސައްކަތަކަށް އުޖޫރަ ނުދީފި ނަމަ އެ މަސައްކަތުގެ އަގު ހޯދުމަށް ކުރެވެން އޮތްހާ ކަމެއްކުރާނެވެ. އެހެން ނަމަވެސް ދަރިވަރުންގެ ކިބައިން މިކަންތައް ނުފެންނަކަމީ އެކަމާމެދު ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

    .

    އަހަރެމެން މި ކުރާ މަސައްކަތުގެ އުޖޫރައަކީ ފައިސާއެއްނޫނެވެ. އެހެން ނަމަވެސް މި ކުރާ މަސައްކަތުގެ އުޖޫރައަކީ ފައިސާއާއި ރަނާއި ރިއްސަވުރޭން އަގު ބޮޑު އެއްޗެއްކަމީ އެކަމަކާއި މެދު އެއްވެސް މީހަކު ދެކޮޅު ހަދާނެކަމެއްނޫނެވެ. މިސާލަކަށް މައިންބަފައިން މުއްސަދި ކުދިންވެސް ސްކޫލްތަކުގައި އުޅެއެވެ. މިސާލަށް ފައިސާއިން ހުރިހާ ކަމެއް ކުރެވޭ ނަމަ އެކުދިން އެންމެ ފަގީރު ކުއްޖާވެސް އަޅާ ކަހަލަ ޔުނިފޯމެއް އަޅައިގެން އާދައިގެ ކުލާހެއްގައި ކިޔަވަން ބެހެއްޓުމުގެ ބޭނުމެއް އެބައޮތްތޯ ؟

    .

    ވީމާ ދިވެހި ރާއްޖޭގައި ތިބި ހުރިހައި ދަރިވަރުންނަށް ހާއްސަ ކޮށް މިސްކޫލްގެ ދަރިވަރުންނަށް ޓެސްޓުތަކުން ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ. އަދި މި ދުވަސް ވަރަކީ ޓެސްޓް ތައް ކައިރި ވެފައިވާ ދުވަސް ތަކަކަށް ވާ އިރު މިހާރު ކުލާސްތެރޭގައި ނަގާ މަޖާ ދޫކޮށްލުމަށް ފަހު ޓިޗަރުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމެވެ.