Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާ

Posted on
  • Monday, November 15, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާ އަކީ އައްޑޫ އަތޮޅު ހުޅުދޫ މިދޫ އަށް ނިސްބަތް ވާ ހަމަ އެކަނި މަދަރުސާއެވެ. އަދި މި ދެރަށުގެ މުސްތަގުބަލް ބިނާ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަމުން ދާ އެއް މުއައްސަސާއެވެ. ކުދިން ބިނާ ކުރުމުގެ ގޮތުން މި ސްކޫލްގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެއެވެ. އެ ގޮތުން މިސްކޫލްގައި ކޯސްތަކެއް ދަނީ ހިންގަމުންނެވެ. އަދި މި ސްކޫލްގެ ކެޑޭޓް ކޯ އަކީ ސްކޫލުން ވަރަށް އަހަމީއްޔަތު ކަމެއް ދީގެން ކުރިޔަށް ގެންދާ ހަރަކާތަކެވެ އޭގައި ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އެގޮތުން ދަރިވަރުން އަހުލާގުގެ ވަރަށް ބޮޑު ބަޔެއް ކެޑޭޓް އަދާ ކުރާކަމީ އެކަމުގެ ހެއްކެކެވެ.

    .

    ކޮންމެ އަހަރަކުވެސް އެމް އެން ސީ ސީ ބާއްވަމުން އަންނަ ގިރިފުށި ކޭމްޕުގައި 2009 ވަނަ އަހަރުން ފެށިގެން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މި އަހަރުވެސް ވަނީ މިސްކޫލް ގެ ފަރާތުން 5 ދަރިވަރުން ގިރިފުޓަށް ފޮނުވާފައެވެ. 2010 ވަނަ އަހަރު މި ސްކޫލް އިން ފޮނުވާފައިވާ ކެޑޭޓުންނަކީ ލާންސް ކޯޕްރަލް މުހައްމަދު ސާދިމް ، ލާންސް ކޯޕްރަލް މުހައްމަދު ސަނީފް ، ލާންސް ކޯޕްރަލް އިބްރާހިމް ރަޝީދު ، ލާންސް ކޯޕްރަލް ނަބާހާ އިބްރާހިމް ދީދީ ، ލާންސް ކޯޕްރަލް އިބްރާހިމް ޝަހުދު އެވެ.