Welcome to Seenu Atoll School

ސ އަތޮޅު މަދަރުސާ އަށް އަނެއްކާވެސް ބޮޑު އިންގިލާބެއް

Posted on
  • Friday, November 26, 2010
  • by
  • in
  • ސ އަތޮޅު މަދަރުސާކީ ދިވެހި ސަރުކާރުން އައްޑޫ އަތޮޅު ހުޅުދޫ މީދޫގައި ހުޅުވާފައިވާ މަދަރުސާއެކެވެ. އަދި މި މަދަރުސާއަކީ އައްޑޫ އަތޮޅު ގެ ނަމުން ނަން ދީފައިވާ މަދަރުސާއެކެވެ.

    .

    ސ އަތޮޅު މަދަރުސާގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔައެބަދެއެވެ. އެ ގޮތުން ތަޅުން ހަލާކުވެފައިވާ ކުލާސް ތަކުގައި ތަޅުން އަލުން އެޅުމާއި ދޮރާއި ދޮރުފަތް މަރާމާތު ކުރުން ހިމެނެއެވެ. އަދި މިނޫނަސް ސްކޫލްގެ ކަރަންޓް ވައިރިން ރަނގަޅު ކުރުމުގެ މަސަކަތްވެސް ހިމެނެއެވެ. މިހާރު މި މަސައްކަތް ތައްވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

    .

    މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތަކަށް ބަލާ އިރު 3 ކުލާހެއްގެ ތަޅުން މިހާރު ވަނީ އާ ކޮށް ސްކޫލް ގެ ދަރިވަރުން ފެންބޯން ބޭނުންކުރާ ފެން ތާގީތައް ހުރި ބުޑު ވެސް އާ ކޮފައެވެ. މިވަގު ތު ހިގަމުން ދާ އެނެއް މަސައްކަތަކީ ސްކޫލްގެ ފާރު ތަކުގައި ކުލަ ލުމުގެ މަސައްކަތެވެ.

    .

    2011 ވަނަ އަހަރު ސްކޫލް ހުޅުވޭ އިރު ސްކޫލަށް ބޮޑެތި ބަދަލްތަކެއްއައިސްފައި ހުރުމަކީ ތަނަށް ލިބިގެން ދާނެ އިތުރު ކުރިއެރުމެއްކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.