Welcome to Seenu Atoll School

ބޮޑު ޗުއްޓީ

Posted on
  • Saturday, November 27, 2010
  • by
  • in
  • ކޮންމެ އަހަރެއްގައި ވެސް މިދުވަސް ވަރަކީ ކިޔަވާ ކުދިން އެކުދިންގެ ކިޔެވުމާއި ތަނަކޮޅެއް ދުރުގައި އުޅޭ ދުވަސްވަރެކެވެ. އަދި މި އެހާމެ ކުދިން އެ ދުވަސްތަކަކަށް އިންތިޒާރު ކުރާ ދުވަސް ތަކެކެވެ. މި ދުވަސް ވަރަކީ އެ ކުދިންގެ ސިކުޑިޔަށް އަރާމު ދިނުމަށްޓަކައި އޮންނަ ދުވަސް ތަކެއް ކަމުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ. މި މީހުންގެ ވިސްނުން މުޅިއަކުން ގޯހެކޭ ބުނުވޭކަށް ނެތެވެ.

    .

    ޗުއްޓީއަކީ އެކުދިން އެއަހަރު ކުރަމުން އައި ކިޔެވުމުގެ ބުރަ މަސައްކަތް ނިމިގެން ޖެހިގެން އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުންނާއި އެކުދިންގެ އާއިލާއާއި ރަޓެހިންނާ އެއްކޮށް ވަގުތު ހެދަ ކުރުމަށް ލިބޭ ދުވަސްތަކެކެވެ. މި ދުވަސްވަރާއި ދިމާކޮށް ރަށްރަށަށް ދަތުރު ކުރާ މީހުންވެސް މަދެއްނޫނެވެ.

    .

    ސ އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ވެސް ވަނީ އެހެން ސްކޫލްތަކެކޭ އެއްފަދައިން ޗުއްޓީ ދީފައެވެ. ދަރިވަރުންނަށް ލިބިގެން ދިޔަ ޗުއްޓީއާ އެއްކޮށް ސްކޫލްތެރެ ހަލަބޮލިވެގެން ދިޔަ ތަން ފެނުނެވެ. އެގޮތުން ސްކޫލް މަރާމާތު ކުރުމުގެ މަސްއްކަތް ފެށިގެން ދިޔައެވެ. ހަމަ އެއާ އެއްކޮށް ސްކޫލްގެ އޮފީސް ތެރެވެސް މި ދުވަސްވަރާއި ދިމާކޮށް ހަލަބޮލި ވެގެން ދެއެވެ. އެގޮތުން ފޮތްލިސްޓް ކުދިންނާއި ހަވާލުކުރުމާއި ސްކޫލަށް އަލަށް ވަންނަ ދަރިވަރުންގެ ކަންތައް ހިމެނެއެވެ.

    .

    މިއަހަރު މިހާތަނަށް މި ސްކޫލަށް ވަނުމަށްޓަކައި ގާތްގަޑަކަށް 60 ވަރަކަށް ކުދިން ފޯމް ފުރާފައިވާ ކަމަށް ވަނީ މި ސައިޓަށް މައުލޫމާތި ލިބިފައެވެ. މި އީ މި ސްކޫލް އިތުރު ހަރު ފަތަކަށް ދިޔަ ކަމުގެ ނިޝާނެކެވެ، މި އަހަރަކީ ސްކޫލުގެ އިމާރާތަށް ބޮޑު ބަދަލް ތަކެއް އަންނާނެ އަހަރެކެވެ. އެހެނީ މިހާރު ވެސް ވަރަށް ބާރަށް އެ މަސައްކަތް ހިގަމުން އެބަދެއެެވެ.