ސ އަތޮޅު މަދަރުސާގެ ސްޕޯޓްސް ކުލަބުގެ އެކި މަގާމު ތަކަށް ކުދިން ހޮވުމުގެ ގޮތުން އެ ކުލަބުން ވޯޓުލުން ބާއްވައިފިއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވީ ސްޕޯޓްސް ކުލަބުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބެވެ. މި ވޯޓުގައި ސްކޫލް ގެ ހުރިހާ ދަރިވަރުންން ވަނީ ބައިވެރި ވެފައެވެ. ޕްރެސިޑެންޓުނަށް މި އިންތިހާބުގައި ކުރިމަތި ލާފައިވަނީ މި ސްކޫލްގެ ގުރޭޑް 10 އޭ ގެ ދަރިވަރު އިބްރާހިމް މުގުސިދުއާއި ، ގުރޭޑް 10 ސީ ގެ ދަރިވަރު އިބްރާހިމް އާއިޝްއެވެ. ވައިސް ޕްރެސިޑެންޓް ކަމަށް މި އިންތިހާބުގައި ކުރިމަތި ލާފައިވަނީ ގުރޭޑް 10 އޭގެ ދަރިވަރު މުހައްމަދު އަމީރު ، ގުރޭޑް 10 ސީ ގެ ދަރިވަރު އަލީ ޝާނީޒް އާއި 10 ބީ ގެ ދަރިވަރު މަރިޔަމް އަޒަފާއެވެ.
.
ދަރިވަރުން މަގާމުތަކަށް ހޮވުމަށް ޓަކައި މާކްސް ދިނުމަށް ސްޕޯޓްސް ކުލަބުން ވަނީ މިންގަނޑު ތަކެއް ކަނޑައަޅާފައެވެ. އެ ގޮތުން ދަރިވަރުންނާއި ޓީޗަރުންގެ ވޯޓަށް %50 ، އަދި ދަރިވަރަށް ލިބިފައިވާ ކާމިޔާބަށާއި ކަންކަމުގައި އިސްނެގުމަށް %50 އެވެ.
.
ސްޕޯޓްސް ކުލަބުގެ ވަނީ ކޮންމެ ކުލާހަކުން އެ ކުލާސް ތަމްސީލް ކުރުމުގެ ގޮތުން ކޮންމެ ކުލާހަކުން 2 ކުލާސް މަންދޫބުން ބަނީ ހޮވާފައެވެ. ކުލާސް މަންދޫބުން ހޮވާފައި ވަނީ ކުރިމަތި ލީ ދަރިވަރުންގެ މެދުގައި ނެގި ވޯތަކުންނެވެ. މި ވޯޓުގައި ބައިވެރި ވެފައިވަނީ އެކުލާހެއްގެ ހުރިހާ ދަރިވަރުންނެވެ.
.
ސްޕޯޓްސް ކުލަބުން ވަނީ އާދީއްތަ ދުވަހު ވޯޓުގެ ނަތީޖާ އިއުލާން ކުރާ ގޮތަށް ނިންމާފައެވެ.